ނަމާދު ޞައްޙަނުވާނެ 2 ކުށް: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ނަމާދު ޞައްޙަނުވާނެ 2 ކުށް: ޝައިޚް ޢަލީ ހައްމުދާ

މިހާރަކަށް އައިސް ބައެއް މީހުން ނަމާދަށްދަނީ ވަރަށް ކުރު އެއްޗެތި ލައިގެންނެވެ. އެހެންވެ އެމީހުން ރުކޫޢަށް ގުދުވުމުން އަދި ސަޖިދަކުރާ ޙާލަތުގައި އޭނާގެ ގައިން ކަޝްފުވެގެންނުވާނެ ބައިތައް އެބަ ކަޝްފުވެއެވެ. މިއީ ވަރަށް ދެރަކަމެކެވެ.

ފިރިހެނަކު ނަމަވެސް ނަމާދުގައި ނިވާކުރަންޖެހޭ ބައި ނިވާނުވާނަމަ އެއީ އަޢުރަ ކަޝްފްވުމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެމީހަކު އަމިއްލައަށް ކުރާކަމަކުން ނަމާދުގައި އެމީހާގެ އަޢުރަ ހިނދުކޮޅަކަށް ނަމަވެސް ކަޝްވުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ. 

ދެވަނަ ކަމަކީ ނަމާދަށް ފަށަމުން އަނގަހުޅުވައި ﷲއަކްބަރު ނުކިޔުމެވެ. ނަމާދަށް ފަށަމުން ޙަރަމްބަން ތަކްބީރު ދުލުން ނުކިޔާމީހާގެ ނަމާދު ނަމާދަކަށް ނުވާނެއެވެ. އެހެނީ ނަމާދު ފެށެނީ ނިޔަތްގަނެ ޙަރަމަބަން ތަކްބީރުކިޔައި ޙަރަމްބަނުމުން ކަމަށްވާތީއެވެ. 

ޙަރަމްބަން ތަކްބީރަކީ އަނގަހުޅުވައި ދުލުންކިޔަންޖެހޭ އެއްޗެކެވެ. ދުލުން ކިޔުމަކީ ދޫޙަރަކާތްތެރިކުރުވައިގެން ކިޔުމެވެ. އެއީ ހިތުން ކިޔުމެއް ނޫނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން