ސުވާލު:. ދިރާސާއިން ނެށުމަކީ ފައިދާހުރި ކަމެއް ކަމަށް އެބަބުނޭ، ދީނީ ގޮތުން ނެށުން ހުއްދަ ނުވަނީ ކީއްވެތޯ؟
ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލްލަތީފްގެ ޖަވާބު:. ނެށުމަކީ ފައިދާ ހުރި ކަމެއް ނޫން! އެއީ މީހާގެ ޢިއްފަތާއި އަބުރު ނަގާލާ ކަމެއް، ވީމާ ދީނުގައި އެކަން ޙަރާމް ކުރަށްވާފައި ވަނީ.
މިފަދަ ސުވާލެއްގެ ޖަވާބުގައި ބޭރުގެ ޢިލްމުވެރިއަކު ކަމަސްވާ ޝައިޚް މުޙައްމަދު ހޮބްލޮސް ވިދާޅުވެފައިވެއެވެ.
"ސައިބޯނިލައި ހިނައި ޠޯހިރުވުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި ކޮންމެހެން ކުރަންޖެހޭވެސް ކަމެކެވެ. އެކަމަކު އެންމެންނަށް ދައްކައިގެން އެކަން ކުރުން ހުއްދަވާނީ ކިހިނެއް ހެއްޔެވެ؟
ކަސްރަތު ހޯދަން ނަށާނަމަ ނަށަންވީ މީހުންގެ ޝައުޤުވެރިކަން ލިބޭނެހައި ގޮތްގޮތަށް ހެދުން އަޅައިގެން އެންމެންނަށް ފެންނާނެ ގޮތަކަށް ނޫނެވެ. އެކަނިހުރެއެވެ. ދިރާސާގައި އެބުނަނީ ކަސްރަތުގެ ފައިދާގެ ވާހަކައެވެ. ވީމާ މީހުންގެ ކުރިމަތީގައި ނެށުމާއި ކަސްރަތާއި އޮޅުވައިނުލާށެވެ."