ސުވާލު: ބުއްދި ފިލައިގޮސްފައިވާ މޮޔައަކަށް ނަމާދުވާޖިބުވާނެތޯ؟
ޖަވާބު: . ބުއްދި ފިލާ ގޮސްފައިވާ މޮޔައަކު ނަމަ ނަމާދު ކުރާކަށް ނުޖެހޭނެ. ނަމަވެސް މުސްކުޅި ޙާލަތު ހުރިގޮތުން ހަނދާނުގެ މައްސަލަތައް ހުރުންފަދަ ކަމެއް ހުރެގެން ނަމާދު ދޫކޮށްލުން ހުއްދަވެގެންނުވޭ. ހޭބުއްދި ސަލާމަތުން ހުރެއްޖެ ކޮންމެ މީހަކުވެސް ނަމާދު ކުރަން ޖެހޭނެ.
އިތުރު ސުވާލެއް:
ސުވާލު:. ހުރިހާ ފަރުޟު ނަމާދެއްގެ އިހު ސުންނަތާއި، ފަހު ސުންނަތް ދޫކޮށްފައި ހަމައެކަނި ފަރުޟު ނަމާދު އެކަނި ކޮށްލަނިކޮށް އެ ނަމާދު ޞައްޙަ ވާނެތޯ؟
ޖަވާބު:. ޞައްޙަ ވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް