ނަމާދަށް ފެށުމުން ޝައިޠޯނާ ހަށިގަނޑުތެރޭގައި ތެޅިފޮޅެން ފަށައި ނަމާދު ބާޠިލްކޮށްލުވަން މަސައްކަތްކުރެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަމާދަށް ފެށުމުން ޝައިޠޯނާ ހަށިގަނޑުތެރޭގައި ތެޅިފޮޅެން ފަށައި ނަމާދު ބާޠިލްކޮށްލުވަން  މަސައްކަތްކުރެއެވެ!

ނަމާދަށް ހުއްޓުމުން ގައިގެ ތަންތަން ހިރުވައި ކަހާހެން ހީވާނެއެވެ. އެހެން ބައެއް އުނދަގޫތައްވެސްވާނެއެވެ. އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަންކަމެވެ. ބޭނުމަކީ ތިބާގެ ސަމާލުކަން އެކަންކަމަށް ގެންދެވުމެވެ. އެތަންތަން ކަހައި ހެދުން ފަދަ ކަންކަން ކުރުވުމެވެ. އެއީ ތިބާގެ ނަމާދު ބާޠިލްކޮށްލުވުމަށްޓަކައެވެ. 

އަހަރެމެންގެ ލޭގެތެރޭގައި ޝައިޠޯނާ ދައުރުކުރާކަން އެބަ އެނގެއެވެ. އެހެންވީމާ އެފަދަ އުނދަގޫތައް ކުރުމުގެ ބާރުލިބެނީއެވެ. އެފަދަ އުނދަގޫތަކަކީ އަހަރެމެންނަށް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އަހަރެމެން ކެތްތެރިވެ ޚުޝޫޢަތްތެރިވާ މިންވަރު ބެއްލެވުމަށެވެ. 

ވީމާ ނަމާދަށް ހުއްޓައި ހަށިގަނޑުން ތަނެއް ހިރުވައިލާހެން ހީވާއިރަށް ކަހައި ނުގަންނާށެވެ. ބޯކެހުން ފަދަ ކަންކަން ނުކުރާށެވެ. ދެން އެހެންގޮތެއް ނޫނީ އެފަދަ އެއްވެސް ޢަމަލެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. 

ކުރާ ނަމާދު ނަމާދަކަށް ހެދޭނީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވިގެންނެވެ. އެފެންވަރަށް ކުރަން ވީހައި ބޮޑަށް މަސައްކަތްކުރަންޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން