ތިބާގެ ޢާއިލާގެ އަންހެނުން ޒިނޭކުރީމާ އިންތިހާއަށް ރުޅިއަންނައިރު ތިބާ ތިއަ ޒިނޭކުރަނީ މީހުންގެ ދަރިންނާ ނޫންހެއްޔެވެ؟ އޭނާގެ މައިންބަފައިން ދެރަވެ ރުޅި ނާންނާނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ތިބާގެ ޢާއިލާގެ އަންހެނުން ޒިނޭކުރީމާ އިންތިހާއަށް ރުޅިއަންނައިރު ތިބާ ތިއަ ޒިނޭކުރަނީ މީހުންގެ ދަރިންނާ ނޫންހެއްޔެވެ؟ އޭނާގެ މައިންބަފައިން ދެރަވެ ރުޅި ނާންނާނީހެއްޔެވެ؟

ފުރަތަމަ ކަމަކަށްވެސް ޔަޤީންކުރާށެވެ! އެކަމެއް ކުރުމުން އިންސާނުންނަށް އެއްވެސް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި މަނާވެގެން، ނުވަތަ ޙަރާމްކުރައްވަވާފައެއް ނުވެއެވެ. އެފަދަ އެއްވެސް ކަމެއް އޮތް ނަމަ ނިކަން އެކަމެއް ބުނެދީބަލާށެވެ!

މަނާވެގެންވާ ނުވަތަ ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ޙަރާމްކުރައްވަވާފައިވަނީ މީސްތަކުންގެ މަންފާއަށެވެ! އެކަމުގެ ސަބަބުން މީސްތަކުންނަށް ފައިދާކުރާނެތީއެވެ! ދުނިޔެއާއި ޢާޚިރަތުގައިވެސްމެއެވެ. މީސްތަކުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ.

ޙަޤީޤަތްކީ މިއީ ނަމަވެސް މިއަދު ބައެއް މީހުން ބުނާއަޑު އެބައިވެއެވެ. އިސްލާމް ދީނުގައި ހުރިހާ ކަމެއް ވަނީ ޙަރާމްވެގެންނެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާ ގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި ހަރާމްވެގެންވާ ކަންކަމަކީ ހަމަ އެހެން ދީންތަކުގައިވެސް ހުއްދަ ކަންކަމެއް ނޫނެވެ. އަދި އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަމެއް ކުރުމުން އެއްވެސް މީހަކަށް ކުރާނެ ޙަޤީޤީ އެއްވެސް ފައިދާއެއް އަދި މިހައިތަނަށް އެއްވެސް މީހަކަށް ދެއްކިފައެއް ނުވެއެވެ.

ނަމަވެސް ވެގެން މިއުޅޭގޮތަކީ މީސްތަކުން ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. އެވަގުތަކު ކުރަން ބޭނުންވި ކޮންމެ ކޮށްލެވެން ޖެހޭނެ ކަމަށް ޤަބޫލުކުރެވެން ފެށީއެވެ.

މިގޮތުން ކުރިމަތިވި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއް ދުވަހަކު ބައްދަލުވި ޒުވާނަކު ވަކާލާތުކުރަމުން ގެންދިއައީ ކައިވެންޏާއި ނުލައި ޖިންސީ ގުޅުން ހިންގެން ޖެހޭނެ ކަމަށެވެ.

އޭނާގެ ފޯރި މާގަދަވުމުން ކުޑަކޮށް މަޑުކޮށްލަން ބުނެފައި އެއްކައިރިވެލީމެވެ. އެއަށްފަހު އެމީހުންގެ މައިން، ދަރިންކޮއްކޮއިން ފަދަ އެމީހާގެ ގާތް މީހުންނާއި ކައިވެނިގެ ބޭރުން ޖިންސީގުޅުން ހިންގުމުން ތަފާތު ގޮތުން އަނިޔާލިބިގެންނާއި ނަފްސާނީ ގޮތުން ކަންކަން ކުރިމަތިވެގެންނާއި އަދި ބަލިވެއިނދެގެން މިހާރުވެސް ފަރުވާ ހޯދަމުން ގެންދާ އެތައް ސަތާކެ ބައެއްގެ ލިސްޓް ބަލައިލަން އޭނާއަތަށް ދިނީމެވެ.

އެއަށްފަހު ސުވާލުކުރީމެވެ! "ތިއަ ލިސްޓުގައި ތިބާގެ މަންމަ އާއި ޢާއިލާގެ މީހުން ތިބި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަދި ތިބާއަށް ނުއެނގުނު ނަމަވެސް ތިބާގެ ވަރަށް ގާތް އަންހެނަކު މިހާރުވެސް އިނީ ކައިވެނިން ބޭރުން ބަލިވެއެވެ. ދެން ބުނާނީ ކީކޭހެއްޔެވެ؟"

އޭނާ ނުކުމެގެންދަމުން ބުނެފައިދިއައީ އެބާވަތުގެ އެއްވެސް އަމަލެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށާއި އަދި އެހެން މީހުންނަށް ނަޞޭޙަތްދީގެން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން