ތަނަވަސް މީހުން އެމީހުންގެ ދަރިން ހަދަންޖެހޭ އެސައިންމަންޓް މީހުން ލައްވާ ހެއްދުވުމަކީ ކުރަން ރަނގަޅުކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތަނަވަސް މީހުން އެމީހުންގެ ދަރިން ހަދަންޖެހޭ އެސައިންމަންޓް މީހުން ލައްވާ ހެއްދުވުމަކީ ކުރަން ރަނގަޅުކަމެއްތޯ؟

ތަނަވަސް މީހުން އެމީހުންގެ ދަރިން އިމްތިޙާންތަކަށް ހަދަންޖެހޭ އެސައިންމަންޓް އަގުދީގެން މީހުން ލައްވާ އެބަހައްދުވައެވެ. އެއީ ކުރަން ރަނގަޅުކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ދަރިވަރަށް ޙާޞިލްވެފައިވާ މިންވަރާއި ދަރިވަރުގެ ޢިލްމީ ފެންވަރު އެ އެސައިންމެންޓުގެ ޛަރީޢާއިން ވަޒަން ކުރެވޭ އެއްޗެކެވެ. އެހެންކަމުން އެސައިންމެންޓުގެ މަސައްކަތް ކުރަންވާނީ ދަރިވަރެވެ. އަދި އެކަމަށް އެކި އެކި ފަރާތްތަކުން އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް މުޅި އެސައިންމެންޓު އަގު ދީގެން މީހަކު ލައްވާ ހެއްދުމަކީ އެކަމުގެ ގެއްލުން ދަރިވަރަށްވެސް ލިބޭނެ ކަމެކެވެ. އެސައިންމެންޓު ހެދުމުގެ ތެރޭގައި ދަރިވަރަށް ދަސްވާ ބައިވަރު ކަންކަން އެގޮތަށް ކަންތައްކުރީމައި ދަސްނުވާނެތީއެވެ. އަދި ޢިލްމީގޮތުން ބަލާއިރު ފައިސާއަށް މީސްމީހުން ލައްވާ އެސައިންމެންޓު ހެއްދުމަކީ އެތިކަލް ކަމެއް ނޫނެވެ.

އެއްވެސް އިޚްލާޞްތެރިކަމެއް ނެތި، ސެޓްފިކެޓަށް ކިޔެވުމަކީ މިއަދު މުޅި ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ސެޓްފިކެޓް ޙާޞިލްކޮށްގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ޢިލްމީ ޤާބިލުކަން ނެތުމެވެ! والله المستعان

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން