ފަހުޒަމާނުގަ ފެންނާނެ ކަމަށް ބުނެވޭ ޢަލާމާތްތަކުގެ ތެރެއިން އެއްވެސް ކަމެއް އަޅުގަނޑުމެންގެ ތެރެއިން އެބަފެނޭތޯ؟ ސަމާލުވާންވީ ކޮން ކަންކަމަކަށްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރިގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް ހީކުރަމެވެ. ދެން ދަންނަވާލަން އޮތީ ވަސައިގެން ފެންނަމުންމިދާ އެތައް ކަމަކީ ހަމަ ސަމާލުކަންދޭންވީ ކަންކަން ކަމަށެވެ.
އަހަރެމެން ދިރިއުޅެމުން މިދަނީ ފަހުޒަމާނުގެ ދުވަސްތަކުގައެވެ. އެހެންކަމުން ފަހުޒަމާނުގެ ޢަލާމާތްތައް ދާނީ ފެންނަމުންނެވެ. އިތުރުވަމުންނެވެ. އެގޮތުން މި ފާހަގަކުރާ ޢަލާމާތްތަކަކީ ޜާއްޖެއިން އެންމެ ޢާންމުކޮށް ފެންނަމުންދާ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
ބިލާލް އައްސަދު ވިދާޅުވެފައިވަނީ:
"ތިމަން ރަސޫލާއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންނަކީ ތިމަން ރަސޫލާގެ އުންމަތުގެ މީހުން ތެރެއިން ބައަކު އެމީހުންނަކީ މުސްލިމުން ކަމަށް ބުނަމުން އެމީހުން ނަމާދުކުރާނީ ރަނގަޅަކަށް (ކުރަންވީ ގޮތަކަށް) ނޫނެވެ. އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެންނާނެއެވެ. މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެއެވެ. ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދާނެއެވެ." އަދި "މީސަތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދޭނެއެވެ. ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދާނެއެވެ. މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލާނެއެވެ."
ކައު އިތުރު ރަސޫލާ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިކަންކަން އެމީހެއްގެ ހަޔާތުގައި ފެނިއްޖެނަމަ ރައްކައުތެރިކަން ހޯދުމަށެވެ. އެކަން ކަމާއި ކައިރިނުވެ ދުރުގައި ހުރެވޭނެ މަގެއް ހޯދުމަށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްކަން އެދޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ.
--ބިލާލް އައްސަދު
މި ޙަދީޘްފުޅުން އެނގޭ ޢަލާމާތްތަކަކީ:
-- މުސްލިމުން ކަމަށް ބުނަމުން ނަމާދުކުރަން އެންގެވި ގޮތަށް ނަމާދުނުކޮށް ނަމާދަށް ފަރުވާކުޑަކުރާ މީހުން
--އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެނުން
-- މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެ! ނަމަވެސް އެމީހުން ކުރާ ހުވާ ނުފެނުން!
-- އަދި "މީސަތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދިނުން"
-- ރިޝްވަތު ހިފުންމާއި ރިޝްވަތު ދިނުން ގިނަވުން
--ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދިއުން
--މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލުން!
މި 7 ޢަލާމާތް ހަމަ މިކުޑަކުޑަ ރާއްޖޭގައި ވެސް މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. މީގެ ތެރެއިން ރާއްޖޭގައި މަދީ މިވެނިކަމެއްކަމަށް ބުނެ ފާހަގަކުރެވޭނެ އެއްވެސް ކަމެއް އޮތް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ހަމައެއާއިއެކު މަގުތަކުން ފެންނަނީ ފޭރާންލައި އެހެނަސް އަޢުރަ ނިވާނުވާ މީހުންނާއި ޖަމަލު ހުޅިގަނޑުފަދައިން ބޮލަށް ހުޅިޖަހައިގެން އުޅޭ މީހުން ފަދަ އެތައް ގިނަ ޢަލާމާތްތަކެކެވެ.