ފާފަކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ދެރަތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފާފަކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ދެރަތައް-

ފާފަކުރާ މީހުންނަށް ލިބޭ ދެރަ އާއި ނިކަމެތިކަން ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ދެރައަކީ ނުވަތަ ނިކަމެތިކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދުރުވެގެންދާކަމެވެ. އެއިގެ މާނައަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއި ދުރަށްދެވޭ ކަމެވެ. އެއަށްވުރެ ބޮޑު ދެރައެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. 

ވީމާ ފާފަކުރާ މީހުން ނަމާދުކުރިނަމަވެސް އެކަމުން ލިބެންވާ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. އެއީ ތިބާއަށްޓަކައި ހުޅުއްވަވައިދެއްވަވާފައިވާ ދޮރުތައް ބަންދުކުރައްވަވާތީއެވެ. 

އަދި ކީއްހެއްޔެވެ؟ ހަނދާނުގައި ކަންކަން ބެހެއްޓުމަށް އުނދަގޫތައް ކުރިމަތިވާނެއެވެ. ހަނދާންބަލިވާނެއެވެ. ދަސްކުރާ އެއްޗެތި ފަސޭހައިން ހަނދާންނެތޭނެއެވެ. ކުރަން ބޭނުންވާ ކަންކަން ހަނދާން ނެތޭނެއެވެ. 

ވީމާ ފާފަކުރުމުން ދުރުހެލިކޮށްދެއްވެވުން އެދި ކޮންމެ ދުވަހަކުވެސް ދުޢާކުރަންވާނެއެވެ. 

"ޔާ ﷲ! މިއަޅާގެ ހިތް އީމާންތެރިކަމުން ޒީނަތްތެރިކޮށްދެއްވަވާނދޭވެ! މިއަޅާގެ ހިތަކީ ފާފަކުރުމަށް ނަފްރަތުކުރާ ހިތެއްކަމުގައި ލައްވަވާނދޭވެ!" ފަދަ ދުޢާތައް ކުރަމުން ގެންދާށެވެ.

 

- ޝައިޚް ޙަމްޒާގެ ދަރުސަކުން

މިއަދު އޮންލައިން