ގިނަ މީހުންނަކީ އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ކައި އުޅޭ ބައެކެވެ. އެގޮތުން ގިނައިން ކެވެނީ ތެލުލި އެއްޗެއްސާއި ހަކުރުހުންނަ ތަކެއްޗެވެ.
ގޮތްބަލަންވެސް ހަމައެކަނި ކާވަޤުތުތަކުގައި ކާންފަށައިބަލާށެވެ! ސަރުބީތައް ވިރި، މީހާ ހިކި ލޫޅާފަތިވާތަން ފެންނަންފަށާނެއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟
އެއީ ނުކައި ހުންނަ ވަޤުތުތަކުގައި ތިބާގެ ހަށިގަނޑު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ކާތީއެވެ. އިރިއިރުކޮޅުން ކެއުން ހުއްޓައިލާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑު އެކަމަށް ހޭނޭނެއެވެ. އިރުއިރުކޮޅާ ކާން ބޭނުމެއް ނުވާނެއެވެ. އެއީ މިބުނި ގޮތަށް ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ކާން ހަށިގަނޑު ހޭނިގެންދާތީއެވެ.
މިއީ ގިނަބައަކަށް ފައިދާކޮށްފައިވާ ތަޖުރިބާއެކެވެ. ޢާންމުގޮތެއްގައި 2 ހަފްތާއިން ބަދަލުތައް އިޙްޞާޞްކުރެވެން ފަށާނެއެވެ. ތިބާވެސް ނިކަން ތަޖުރިބާކޮށް ހަށިގަނޑަށް ހެޔޮއާދޭތޯ ބަލައިލަބަލާށެވެ!
- ޑރ. ގްރައިގް