ތިމާގެ ބާރެއް ނެތްކަންކަން ޙާޞިލުކުރަން ތެޅިފޮޅެން ނުހަދައި ﷲ އަންގަވާފައިވާ މަގުން ކުރިއަށް ދިއައިމަ ޙައްލުނުވާނެ ކަމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިމާގެ ބާރެއް ނެތްކަންކަން ޙާޞިލުކުރަން ތެޅިފޮޅެން ނުހަދައި ﷲ އަންގަވާފައިވާ މަގުން ކުރިއަށް ދިއައިމަ ޙައްލުނުވާނެ ކަމެއް ނެތެވެ!

އަބަދުވެސް މިބުނަނީ އެދޭ ކަންކަން ބޮޑުވުމުން ތަކްލީފަކަށްވަނީ އަހަރެމެންނަށެވެ. އިންސާނުންނަށެވެ! އެއީ ﷲ ތަޢާލާ ދެއްވެވި ބާރެއް ފިޔަވައި އެހެން އެއްވެސް ބާރެއް އަހަރެމެންނަށް ލިބިގެންނުވާތީއެވެ. ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް ޙާޞިލްކުރެވެން އޮތީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުން ކަމުގައިވާތީއެވެ. 

އެހެންނަމަވެސް އެންމެހައި ކަންކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ "މާލިކުލްމުލްކް"، ﷲ ތަޢާލާ ހިންމަވައިދެއްވަވަން އިރާދަ ކުރައްވަވައިފިނަމަ އެއްވެސް ކަމަކީ އެކަލާނގެ ޙަޟްރަތަށް  ބޮޑުކަމެއް ނޫނެވެ! އިރާދަކުރެއްވެވުމުން އެކަމެއް އޮންނާނީވެނިމިފައެވެ. 

ވީމާ ކިތަންމެ ކުޑަކުޑަ ކަމަކަށް ނުވަތަ ކިތަންމެ ބޮޑު ކަމަކަށް، ކޮންމެ ކަމަމަށް ބޭނުންވި ނަމަވެސް ތަޤްވާވެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކުރާށެވެ! އިންސާނުންނަށް އަޅުވެތި ނުވެ ﷲ އަށް އަޅުވެތިވާށެވެ! 

ކޮންމެ ކަމެއްވެސް ﷲ އަށް ވަކީލްކޮށްގެން ކުރާށެވެ! އެއިރުން ﷲ ގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ! ތިބާއަށް ބޮޑުވީކަންކަން އިސާހިތަކު ލުއިފަސޭހަމަގަކުން ޙައްލުކުރެވިގެން ހިނގައިދާނެއެވެ. 

"ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލްކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން: 159)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން