އިޝްތިޚާރާ ނަމާދުކުރަންވީ ކިހާދުވަހަކުތޯ؟ ނަތީޖާ އެނގޭނީ ކިހިނެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިޝްތިޚާރާ ނަމާދުކުރަންވީ ކިހާދުވަހަކުތޯ؟ ނަތީޖާ އެނގޭނީ ކިހިނެއްތޯ؟

ސުވާލު:. ކަމެއް ނިންމަން އުނދަގޫ ވެއްޖެނަމަ އިޝްތިހާރާ ނަމާދު ކުރާށޭ ބުނަނީ، އަޅުގަނޑުގެ ސުވާލަކީ ކިހިނެއްތޯއޭ އިނގޭނީ އިޝްތިހާރާ ކުރީމާ އޭގެ ނިމޭނެގޮތް. ކޮންކަހަލަ އިޝާރާތެއްތޯއޭ ވާނީ އެމީހަކަށް އަދި ކިތައް ދުވަހުތޯއޭ މިގޮތަށް އިޝްތިހާރާ ކުރަންޖެހޭނީ.؟ 

ޖަވާބު:. އެކަމެއް ވަކިކޮޅެއްގައި ޖެހި ނިމެންދެން އިޝްތިހާރާމަތީގައި ދެމި ހުންނާނީ، އެއީ ރަނގަޅު ކަމެއް ނަމަ އެކަމެއް ކުރުމުގެ މަގު ފަސޭހަވެގެން ދާނެ، ނުބައި ކަމެއް ނަމަ އެކަމުން ދުރުހެލި ވެވޭނެ. (ސަބަބު ތަކުގައި ހިފަންވާނެ. އެގޮތުން އެކަމަކަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަންވާނެ) 

އިތުރު ސުވާލެއް: 

ސުވާލު:. ކައިވެނި ޕާޓީ އޮންނަރޭ ކައިވެނި ކުރި ދެމީހުން މެހެމާނުންނާ (ހިލޭ އަންހެނުން އަދި ފިރިހެނުންނާ) ސަލާމް ކުރުން ހުއްދަ ވާނެތޯ؟ 

ޖަވާބު:. ކައިވެނި ޕާޓީ އޮންނަރޭކަމުގައި ވިޔަސް އެހެން ރެއެއް ނުވަތަ ދުވަހެއް ކަމުގައި ވިޔަސް ހިލޭ އަންހެނަކާ ފިރިހެނަކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއް.

 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން