މާތްވެގެންވާ މައްކާގެ ބިމުން ފެނުނު ކަޅުކުލައިގެ މިނީ ވޭނެކެވެ. ފަހަރު ބިއްލޫރިގަނޑުގައި ބޮޑުއަކުރުން ލިޔެފައިވަނީ "އަންހެނުންނާއި މިޔުޒިކާއި ނުލާ އޮތީ ކޮން އުފަލެއް؟" މިފަދައިންނެވެ. އެއީ 2013 ވަނަ އަހަރެވެ.
ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެތައް ކަމެއް ސަޢުދީގައި މިހާރު ފައުޅުގައި އެގެންދަނީ ކުރަމުންނެވެ. ކަންކަން އިތުރުކުރަމުން އައިސް ޝައިޠޯނުންގެ ޢީދުވެސް ފާހަގަކޮށްފިއެވެ.
ސަޢުދިޢަރަބިޔާ ކިޔާ ޤައުމެއްގައި ކުރުމަކުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުން އެއީ ހުއްދަކަމަކަށް ބަދަލެއް ނުވެއެވެ. ވަކިޤަބީލާއެއްގެ ، ވަކި ނަސްލެއްގެ، ވަކި ބަހަކުން ވާހަކަދައްކާ، ވަކި ގޮތަކަށް ހެދުންލާ ބައަކު ކުރުމަކުން ޙަރާމް އެއްވެސް ކަމެއް ޙަލާލެއްވެސް ނުވެއެވެ. ނުވެސްވާނެއެވެ.
މުސްލިމުންގެ ދުސްތޫރަކީ ޤުރްއާނާއި ޙަދީޘްފުޅުތަކެވެ. ގިނަ ބައަކު އުޅޭގޮތާއި އދގެ ޤަރާރުތަކެއްވެސް ނޫނެވެ. ވީމާ ބިރުވެތިވާންވީ މި ޙަދިޘްފުޅަށެވެ.
Anas ibn Maalik (may Allah be pleased with him) narrated that the Messenger of Allah (peace and blessing be upon him) said:
« There will come upon the people a time when holding onto the religion will be like holding onto hot coal. »
(Tirmidhi)
ޙަދީޘްފުޅުން އެނގިގެންދަނީ އިސްލާމް ދީނުގައި ޘާބިތުވެ ހުރުމަކީ އަތަށް އަނގުރު އަލިފާންގަނޑެއްލައިގެން އުޅުން ފަދަ ކަމަކަށް ވެގެންދާނެ ދުވަހެއް އަންނާނެކަމެވެ. އެދުވަސް މިވަނީ އަރައިހަމަކޮށްފައެވެ.
ކަންކަން ވަމުން މިދާގޮތް މިއޮތީއެވެ. –... ބިން ޝައިޠޯން ކިޔަސް އެހެން ނަމެއް ކިޔަސް ޖެހެމުން މިދަނީ އެވެރިންގެ މަޅީގައެވެ. ކައިރި އެވެނީ ނަރަކައަށެވެ. ދުރަށްދެވެނީ ސުވަރުގެއާއިއެވެ.
ގިނަގިނައިން ހަނދާންކުރަންވީ މިކަންކަމެވެ.
ޑރ. މުޞްޠަފާ މަޙުމޫދު "ޤިރާއަތުލް މުސްތަޤްބަލު" މި ފޮތުގައި ، މުސްތަޝްރިޤަކު ހުޅަނގަށް ހަދިޔާކޮށްފައިވާ އިސްލާމްދީން ހަލާކުކޮށްލާނެ ގޮތުގެ ޕްލޭނެއް ގެނެސްފައިވެއެވެ.
އެބައިމީހުންގެ ކާބަފައިންގެ ޙަޟާރަތް ފުނޑާލަން ބޭނުން ކަމުގައިވާނަމަ 3 ވަސީލަތެއް ބޭނުން ކުރާށެވެ.
1 ޢާއިލާތެރެ ހަލާކުކޮށްލާށެވެ. (މުޖުތަމަޢު)
2 ތަޢުލީމީ ނިޒާމު ހަލާކުކޮށްލާށެވެ.
3 އެބައެއްގެ ތެރޭގައިވާ ރިވެތި ނަމޫނާތައް (ރަސޫލުން ، ޞަޙާބީން ، ޢިލްމުވެރީން) ، އަދި މަރުޖިޢުތަކުގެ ހައިބަތު ގެއްލުވާލާށެވެ. (އެބަހީ މީސްތަކުން ކުރާ ޤަދަރު ގެއްލުވާލާށެވެ.)
ޢާއިލާތެރެ ފުނޑުކޮށް ޚަރާބު ކޮށްލުމަށް ، މަންމަގެ ދައުރު ޢާއިލާގެ ތެރެއިން ގެއްލުވާލާށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމަށް މައިން ގޭގައި އިނުމަކީ އެއީ ޢައިބު ކަމެއްކަމުގައި ދައްކުވާށެވެ.
ތަޢުލީމީ ނިޒާމު ފުނޑާލުމަށް ، މުދައްރިސުންނަކީ އެންމެ ބޮޑު ޓަރގެޓްކަމުގައި ހަދާށެވެ. އަދި މުޖުތަމަޢުގައި އެމީހުންނަކީ އެއްވެސް އަގެއް ހުރި ބަޔަކު ކަމުގައި ވިޔަ ނުދޭށެވެ. އަދި އެމީހުންގެ ދަރިވަރުން އެމީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުން ގެއްލުވާލާށެވެ.
ރިވެތި ނަމޫނާތައް ފުނޑާލުމަށް ، ޢިލްމުވެރިންގެ ޢަބުރާއި ޢިއްޒަތް ގެއްލުވާލާށެވެ. އެމީހުންނަށް ކުރާ އިޙްތިރާމް ގެއްލުވާލާށެވެ. އެމީހުންނާއި މެދުގައި މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދާށެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުން މީސްތަކުން ދުރުވެ އެމީހުންނަށް ތަބަޢަވުން ހުއްޓާލައިފުމަށް ދާންދެނެވެ.]]
މިއީ އިސްލާމީ ގިނަ ޙަޟާރަތްތައް ހަލާކުކޮށްލުމަށް ބޭނުން ކުރަމުން އައި ޕުލޭންއެވެ. މިއަދު ދިވެހި މިފަސްގަނޑުގައި ވެސް މިޕުލޭން ރާވައި ތަންފީޒުކުރުމުން ދަނީއެވެ. ވިސްނާށެވެ.