ވަރިކުރިޔަސް ﷲ އަށް އުރެދިގެން ނުވާނެ! ﷲ ރުހިވޮޑިނުގަންނަވާ ކަމެއް ނުކޮށްގެން އެކަނިވެރިވެއްޖެ ނަމަ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ވަރިކުރިޔަސް ﷲ އަށް އުރެދިގެން ނުވާނެ! ﷲ ރުހިވޮޑިނުގަންނަވާ ކަމެއް ނުކޮށްގެން އެކަނިވެރިވެއްޖެ ނަމަ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެ!: މުފްތީ މެންކް

އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ސަޖިދަކުރަން އަންގަވާނެ ނަމަ ފިރިމީހާއަށް ސަޖިދަކުރަން އަނބިމީހާއަށް އަނގްވާނެކަމަށް ރސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސްކަމެއްގައި ފިރިމީހާއަށް ވެސް، ތިމާ އެންމެ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭ މައިންބަފައިންނަށްވެސް ކިޔަމަން ނުވާން އަންގަވާފައިވަނީ މިސަބަބަށްޓަކައެވެ!

އެނގިގެން މިދަނީ ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ކުރަން ޚުދު ތިމާ އެންމެ ލޯބިވާ ފިރިމީހާ އަމުރުކުރިނަމަވެސް އެކަމެއް ކޮށްގެން ނުވާނެ ކަމެވެ. އެފަދަ އަމުރަކަށް ކިޔަމަންވެގެން ނުވާނެ ކަމެވެ. އެކަން ނުކޮށްގެން ވަރިކުރުމުން އެކަނި ހުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމެވެ! އެފަދަ ކަމެއް ނުކުރުމުގެ ސަބަބުން އެކަނިވެރިވާންޖެހިއްޖެ ނަމަ ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެއެވެ! އިން ޝާ ﷲ

ތިބާއަށް އެކުގައި މިއުޅެވެނީ ކޮން ބައަކާއި އަދި އެމީހުންނަކީ ކޮން މިސްރާބަކަށް ދަތުކރުކުރާ ބައެއްކަން ކަށަވަރުކުރަންވާނެއެވެ! އެމީހުންނާއިއެކު ދަތުރަށް ފެށުމުގެ ކުރިން އެމީހުންގެ ޙަޤީޤަތް ރަނގަޅަށް ދަސްކުރަންޖެހޭނެއެވެ. އެމީހުންނަކީ ތިމާ ދަތުރުކުރަން ބޭނުންވާ މިސަރާބަށް ދަތުރުކުރާ ބައެއްކަން ވެސް ކަށަވަރުކުރަންޖެހޭނެއެވެ.

އުޅަނދުގެ ފަޅުވެރިންނަކީ އެއް މިސްރާބަށް ދިއުމަށް ފަލިޖަހާ ބައަކު ކަމުގައި ނުވެއްޖެ ނަމަ އެއްވެސް މަންޒިލަކަށް ނުފޯރައި ކަނޑަށް ޣަރަޤުވާންވެސް ޖެހިދާނެއެވެ. ވީމާ ތިމާ ޣަރަޤް ނުވުމުން ސަލާމަތްވުމަށްޓަކައި އެކުގައި ތިބޭ މީހުންގެ ޙަޤީޤަތް ރަނގަޅަށް ދަސްކުރަންވާނެއެވެ.

ބުނަން ބޭނުންވާ އެންމެ ވާހަކައަކީ އެބައެއްގެ ސަބަބުން ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެ ބައަކާއިއެކު އުޅުމަށްވުރެ އެކަނި ދިރިއުޅުންވެސް މާރަނގަޅުވާހަކައެވެ. މުހިންމީ އެކުގައި އުޅޭ މީހުންގެ އަދަދު ގިނަވުމެއް ނޫނެވެ. ކިތަންމެ މަދުނަމަވެސް ސުވަރުގެ ދިއުމަށް މަސައްކަތްކުރާ ބައަކާއިއެކުގައި އުޅުމެވެ. އެކަނި ހުރެގެން ނަމަވެސް ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން