އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހުގެ ރޯދަ އާއި ރޭއަޅުކަމުގެ ޘަވާބު މާތް ﷲ ލިޔުއްވަވާ ގޮތަށް މާދަމާ ހުކުރަށްދަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހުގެ ރޯދަ އާއި ރޭއަޅުކަމުގެ ޘަވާބު މާތް ﷲ ލިޔުއްވަވާ ގޮތަށް މާދަމާ ހުކުރަށްދަމާ!

ރަސޫލް () ޙަދީޘްފުޅުކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

"ހުކުރު ދުވަހު ހުކުރު ވަގުތުގެކުރިން ފެންވަރާ ތާހިރުވެ، ހުކުރު ނަމާދުގެ ވީހައިވެސް ކުރީ ވަގުތެއްގައި އެއްވެސް ސަވާރީއަކަށް ނާރައި ފައިމަގުގައި ހިނގާފައި މިސްކިތަށް ޙާޒިރުވެ، އިމާމް މީހާ އާއި ވީހާވެސް ގާތުގައި އިށީނދެ، ދުނިޔަވީ އެހެން ކަންކަމާއި މަސްއޫލުނުވެ ހުކުރު ޚުޠުބާ ކަނުލައި އަޑުއަހައި، ހުކުރު ނަމާދު ފުރިހަމަކޮށްފިނަމަ، އޭނާ މިސްކިތަށް އައުމަށް އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހުގެ ރޯދަ އާއި ރޭއަޅުކަމުގެ ޘަވާބު މާތް ﷲ އޭނާއަށް ލިޔުއްވަވާ ހުއްޓެވެ!" 

- (އިމާމް އަޙްމަދު) ، އިމާމް އަލްބާނީ ވަނީ މި ޙަދިޘް ޞައްޙަ ކުރައްވައިފައެވެ.

 

- ޕާލްސް އޮފް އިސްލާމް

މިއަދު އޮންލައިން