ދަރިން ބޮޑެތިވެ ބަސްނާހައި އުޅެން ފެށުމުން ކަންބޮޑުވުމުގެ ކުރިން ވިސްނާލަމާތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިން ބޮޑެތިވެ ބަސްނާހައި އުޅެން ފެށުމުން ކަންބޮޑުވުމުގެ ކުރިން ވިސްނާލަމާތޯ!

ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުފަލަކީ ޢާއިލާގައި ތިބި ދަރިންނެވެ. އެދަރިން ރަނގަޅުވެއްޖެނަމަ ލިބޭނެ އުފާވެރިކަން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. ހަމައެފަދައިން އެދަރިންނަކީ ނުބައި ކުދިންކަމުގައި ވެއްޖެ ނަމަ ލިބޭނެ ހިތާއަށްވުރެ ބޮޑު ހިތާމައެއްވެސް ނުލިބޭނެއެވެ. 

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ށާފު ޠޯހިރުކަންމަތީގައިކަމާއި އެކުއްޖާ ނަޞްރާނީކޮށް، މަޖޫސީކޮށް އަދި ޔަހޫދީ ކުރަނީވެސް މައިންބަފައިންކަން ޙަދީޘްފުޅުން ޘާބިތެވެ. އެހެންކަމަށްވާއިރު ކުއްޖާގެ އަޚްލާޤީ މައްސަލަތަކާއި ގުޅިގެންވެސް އޮންނާނީ ހަމަ މިޙުކުމެވެ. ކުއްޖާގެ އަޚްލާޤަށް އަންނަ ބދަލުތަކުގެ ޒިންމާ އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ. 

"ތުއްތު ދަރިފުޅުގެ ޅައުމުރު ދުވަސްތަކަކީ، އެ ދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިންނަށް ލިބޭނެ އަގުހުރި ދުވަސްތަކެކެވެ. މި ދުވަސްތަކަކީ ތިބާ ބޭނުންގޮތަކަށް، ބޭނުން ކުލައެއް ޖެއްސުވޭނެ ދުވަސްތަކެކެވެ. ތިބާގެ ދަރިފުޅަށް ދަސްކޮށްދޭ ކޮންމެ ހެޔޮ ޢަމަލަކީ ތިބާގެ ފަތަށްވެސް ބަރުވެގެންދާ ހެޔޮ ޢަމަލެކެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ ހިނގާށެވެ! " 

މިއީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ. ޢަމަލުކުރަމާ ހިނގާށެވެ! މުސްކުޅިވާ ދުވަހު، ނުވަތަ ބަލިވެ ތަންމަތީގައި އޮންނަން ޖެހޭނެ ދުވަހު އެހީތެރިވާނެ ހެޔޮލަފާ ދަރިން ނެތްނަމަ އެމީހެއްގެ ސިކުނޑިއަށް އޮތީ ކޮން އަރާމެއްތޯއެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއްތޯއެވެ؟ އަދި ހަށިގަނޑަށް ލިބޭނީ ކޮން އަރާމެއްތޯއެވެ؟ 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން