ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ.
(ޤިޔާމަތް ދުވަހު) އެބައަކަށް ބަސްވަޙީނުކުރައްވަވާނެ އަދި އެބަމީހުންގެ ކުށްފާފަތައް ޠޯހިރު ނުކުރައްވަވާނެ،(އަބޫ މުޢާވިޔާގެ ރިވާޔަތުގައިވެއެވެ.) އަދި އެބައިމީހުންނަށް ރަޙްމަތުގެ ނަޒަރަކުން ބައްލަވައި ވޮޑި ނުގަންނަވާނެ، އަދި އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ލިބޭނެ 3 ބައަކު ވެއެވެ.
އެއިގެ ތެރެއިން އެއްބައަކީ ޒިނޭކުރާ މުސްކުޅިޔާއެވެ. ދެވަނައީ ދޮގުވެރި ރަސްގެފާނެވެ. (ދޮގުހަދާ ވެރިޔާ) 3 ވަނައީ ބޮޑާ ފަޤީރު މީހާއެވެ!
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
މިއަދު އަޅުގަނޑުމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޒިނޭ ނުކުރަނީ ކޮން ޢުމުރެއްގައިހެއްޔެވެ؟ ޢމުރުން މަތީގެ ފިރިހެނަކު އެންމެ 19 އަހަރުގެ އަންހެންކުއްޖަކު ކޮޓަރިއަށް ވަދައި އެކުގައި ނިދާ މައްސަލައެއް މިވަޤުތުވެސް ވަނީ ފެންމަތިވެފައެވެ.
ތެދު ބުނަނީ ކޮން ވެރިއެއް ހެއްޔެވެ؟ މަދު ޤައުމެއް ނޫނީ އިސްތިސްނާވުމެއްނެތި ކޮންމެ ޤައުމެއްގެ ރައްޔިތުންވެސް ފާހަގަކުރަމުން އެގެންދަނީ ވެރިން ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ކަމެވެ.
ފަޤީރު ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާއިރުވެސް ބޮޑާ މީހުން ބައިވަރު ނޫން ހެއްޔެވެ؟ ފަޤީރު ޙާލުގައިވެސް އެމީހަކީ ތަނަވަސް މީހެއްކަން މީސްތަކުންނަށް އަންގަން ބޭނުންނުވެ ސިއްރުން ސަލާންޖަހަމުން ހިނގާ މީހުން މިވަނީ ގިނަވެފައެވެ. ގޭގައި ކާނެ އެއްޗެއް ނުހުންނައިރުވެސް އެންމެ ރީތި ފޭރާންލައިގެން އެންމެ އަގުބޮޑު ސެންޓުޖަހައިގެން މަގުމައްޗަށް ނުކުންނަ މީހުން ދަނީ ގިނަވަމުންނެވެ. އެއްފަހަރު ނަމަވެސް ބޭނުންކޮށްފައިވާ ފޭރާމެއް މީހަކު ދިންނަމަވެސް ޝުކުރުވެރިވުމުގެ ބަދަލުގައި މޫނުކުނިކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ.