ކޮންމެ ނަމާދެއްގެ ފަހުގައި ނުކިޔައި ދޫކޮށް ނުލަން ރަސޫލް ޞޢވ، ﷲ ގަންދެއްވަވައި ކުރެއްވެވި ވަޞިއްޔަތްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކޮންމެ ނަމާދެއްގެ ފަހުގައި ނުކިޔައި ދޫކޮށް ނުލަން ރަސޫލް ޞޢވ، ﷲ ގަންދެއްވަވައި ކުރެއްވެވި ވަޞިއްޔަތްފުޅު!

ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އޭ މުޢާޛްގެފާނުއެވެ! ކަލޭގެފާނަށް ތިމަންކަލޭގެ ވަޞިއްޔަތް ކުރައްވަވަމެވެ. ﷲ ގަންދެއްވަވައި ވިދާޅުވަމެވެ. (ފަރުޟު) ކޮންމެ ނަމާދެއްގެ ފަހުގައި اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ މިފަދައިން ވިދާޅުވުން ކަށަވަރުންވެސް ދޫކޮށް ނުލައްވަވައްޗެވެ!" 

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ 

މާނައީ: "ޔާ ﷲ! އިނބަ ﷲ ހަނދުމަކުރުމަށާ، އަދި އިނބަ ﷲ އަށް ޝުކުރުވެރިވުމަށާ، އަދި އިނބަ ﷲ އަށް ރިވެތި ގޮތުގައި އަޅުކަން ކުރުމަށް މިއަޅާއަށް އެހީތެރިވެވޮޑިގެންފާނދޭވެ!" 

وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏”‏يا معاذ والله إني لأحبك‏”‏ فقال‏:‏
‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏
اللهم أعني على ذكرك، وشكرك، وحسن عبادتك‏
رواه أبو داود بإسناد صحيح]

 

- ޝައިޚް އިބްރާހީމް ފަރީދު އަހްމަދު

މިއަދު އޮންލައިން