ވިޔަފާރި ޙަލާލުކުރަން ގޮވާލިފަދައިން އިސްމަޤާމުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ވާހަކަވެސް ޚުޠުބާގަ ގެނައިނަމަ އިތުރަށް ފުރިހަމަވީސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ވިޔަފާރި ޙަލާލުކުރަން ގޮވާލިފަދައިން އިސްމަޤާމުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ވާހަކަވެސް ޚުޠުބާގަ ގެނައިނަމަ އިތުރަށް ފުރިހަމަވީސް!

މިއަދުގެ ޚުޠުބާގައި އެންމެ ބޮޑަށް ސަމާލުކަންދީފައިވަނީ ކުރާ ވިޔަފާރި ޙަލާލުކޮށް ލިބޭ އާމްދަނީ ޙަލާލުކުރުމަށެވެ! އާމްދަނީ ހޯދަނީ ހަމައެކަނި ވިޔަފާރިކޮށްގެނެއް ނޫނެވެ. ވަޒީފާ އަދާކޮށްގެން ހޯދާ މުސާރައަކީވެސް ހަމަ އާމްދަނީއެވެ. އެވެސް ޙަލާލުކުރަން ޖެހެއެވެ. 

އެހެންކަމުން މިއަދުގެ ޚުޠުބާއަށް ތިރީގައިވާ ބައި އިތުރުކުރެވުނުނަމަ އިތުރަށް ފުރިހަމަވީސްކަން ޚުޠުބާ އަޑުއެހި ގިނަބައަކު ފާހަގަކުރިއެވެ. 

ކޮންމެ މީހަކުވެސް އާމްދަނީ ހޯދުން އޮތީ ޙަލާލު ގޮތުގައެވެ. ވިޔަފާރިވެރިން ވިޔަފާރީގައި މަކަރު ނުހަދަން އޮތްފަދައިން ވަޒީފާތަކުގައި އުޅޭ މީހުން ވަޒީފާގައި ތެދުވެރިވާންޖެހޭނެއެވެ. ﷲ ތަޢާލާ ގަންދީ ކޮށްގެން ތިބޭ ހުވައަށް އިހްތިރާމްކުރަންޖެހޭނެއެވެ. ވަޒީފާގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. ޙަވާލުވެގެން ހުރި މަސްއޫލިއްޔަތު އަދާކުރަންޖެހޭނެއެވެ. 

މަޤާމަށް ހޮވައިދިނުން އެދި ރައްޔިތުންނަށް އާދޭސްކޮށް، އެތައް ވަޢުދުތަކެއްވެ، ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް ނަގަހައްޓަން ﷲ ގަންދީ ހުވާކޮށްގެން ވަޒީފާތަކާއި ޙަވާލުވެ ތިބިމީހުން އެ މަސްއޫލިއްޔަތު އަދާނުކުރާނަމަ އެމީހުންނަށް ލިބޭ މުސާރަ ޙަލާލެއް ނުވާނެއެވެ. ތިމާއަށް އެކެވެނީ ޙަރާމް ތަކެއްޗެވެ! އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަނބިދަރިންނަށް ކާން އެދެވެނީ ޙަރާމް ތކެއްޗެކެވެ! އަނބިދަރިން ކޮއްޕައި އެގެންދެވެނީ ނަރަކައާއި ދިމާއަށެވެ.

މިއަދު އޮންލައިން