ސުންނަތް ރޯދަ ހިފާ މީހާއަށްވެސް ދުވާލަކު 2 ރޯދަ ނުވަތަ އެއަށްވުރެ ގިނަ ރޯދަ ހިފިކަމުގެ ޘަވާބު ހޯދެން އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
ސުންނަތް ރޯދަ ހިފާ މީހާއަށްވެސް ދުވާލަކު 2 ރޯދަ ނުވަތަ އެއަށްވުރެ ގިނަ ރޯދަ ހިފިކަމުގެ ޘަވާބު ހޯދެން އެބައޮތެވެ!

ރަމަޟާން މަހަށްފަހު ދެން އޮންނަ 11 މަސް ދުވަހު ސުންނަތް ރޯދަތައް ހިފާ ގިނަ މީހުން އެހިފާ ރޯދައިން ލިބެން އޮތް ޘަވާބު ފުރިހަމަ ގޮތުގައި ހޯދަން މަސައްކަތްކުރާތަނެއް ނުފެނެއެވެ. އެންމެ ކުޑަމިނުން ޤުރްއާން ކިޔަވަނީވެސް މަދުމީހެކެވެ.

ސުންނަތް ރޯދަ ހިފާ ދުވަސްތަކުގައި ދިރިއުޅެން ބުރަކޮށް މަސައްކަތްކުރަންޖެހޭތީ ރޯދަމަހު ކުރިވަރަށް އަޅުކަން ނުކުރެވުނު ނަމަވެސް ސުންނަތް ނަމާދުތައް ކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަން ކުރުން ގިނަކުރަންވާނެއެވެ. އެއިގެ އިތުރުން ވެސް ވިސްނާލައިފިނަމަ ޘަވާބު އިތުރުކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ވީހައި ގިނަ ޘަވާބު ހޯދަން މަސައްކަތްކުރަންވީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. އެއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތެކެވެ. ވީމާ މިދުވަސްތަކުގައި ކުރާ ކޮންމެ އަޅުކަމުންވެސް އެންމެ ބޮޑަށް މަންފާކުރާނެ ގޮތަށް ކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

އެގޮތުން ރަމަޟާން މަސް ފާއިތުވެދިއުމުން ދެން މިހިފަނީ ސުންނަތް ރޯދައެވެ. އެގޮތުން އެއްބައަކު މަހަކު 8 ރޯދަހިފައެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތިދުވަހަކު ރޯދަހިފާމީހުންނެވެ. އަނެއް ބައަކު 11 ރޯދަ އެބަހިފައެވެ. އެއީ ހޯމް ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހަނދުމަހުގެ 13،14،15 ގައި ރޯދަހިފާ މީހުންނެވެ.

މިއިން ކޮންމެ ރޯދައަކީ 2 ރޯދަކަމަސް ހެދުމުގެ ފުރުޞަތު އޮތީ ލިބިފައެވެ. ވަރަށް ފަސޭހަކަމާއިއެކުގައެވެ.

2 ރޯދަ ހިފާނެގޮތަކީ ފުރަތަމަ ރޯދަ ހިފާނީ އެމީހާއެވެ. ދެވަނަ ރޯދަ ހިފަން ހަދާނެ ގޮތަކީ ރޯދަވެރިއަކަށް ރޯދަވީއްލުން ދޭނީއެވެ. ތަނަވަސްކަންހުރިނަމަ ރޯދަ ވީއްލަން ދޭ މީހުންގެ އަދަދު އިތުރުކޮށް ގިނަ ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރެވިދާނެއެވެ. ގިނަ ރޯދަ ހިފުމެވެ މިބަނަނީ ރޯދަވީއްލުން ލިބޭ މީހާގެ ރޯދައިން އެއްވެސް މިންވަރެއް ނުކުރައްވަވައި ރޯދަ ވީއްލަން ދޭ މީހާއަށް އިތުރަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާތީއެވެ.

ރަމަޟާން މަހު ކޮންމެ ދުވަހަކު އިތުރު އެންމެ މީހަކަށް ރޯދަ ވީއްލުން ދިންނަމަ 60 ރޯދަ ހިފިކަމުގެ ޘަވާބަށް އުންމީދުކުރާށެވެ! ދެން ބަލައިލަންވީ ސުންނަތް ރޯދައަށެވެ. މަހަކު 11 ރޯދަ ހިފާ މީހަކު ރޯދް ހިފާ ކޮންމެ ދުވަހަކު އިތުރު މީހަކަށް ރޯދަވީއްލުން ދޭނަމަ 11 މަސް ދުވަސްތެރޭގައި 121 ރޯދަ ހިފައި އިތުރު 121 ދުވަހު ރޯދަ ހިފިކަމަުގެ ޘަވާބަށް އުންމީދުކުރެވިދާނެއެވެ. އެއިގެ މާނައަކީ ރަމަޟާން މަހު ހިފި ރޯދައިގެ އިތުރުން 16940 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. ރަމަޟާން މަހާއިއެކު ބަލައިފިނަމަ 21140 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. އެހެނީ ހިފާ ކޮންމެ ރޯދައެއްގެ ސަބަބުން އެމީހަކު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުކުރައްވަވައި ދެއްވަވަތެވެ. މިއީ ދޫކޮށްލަން ހެޔޮވެދާނެ ނިޢްމަތެއް ހެއްޔެވެ؟

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

ރޯދަ އާއި ގުޅިފައިވާ އެންމެ ބޮޑު އިޙްޞާޞަކީ ބަނޑުހައިކަމުގެ އިޙްޞާޞްތަކެވެ. ތިބާއަށް ބަނޑުހައިކަން އިޙްޞާޞް ކުރެވުމުން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ މީހުން ދިރިއުޅޭނެ ޙާލު އިޙްޞާޞް ކުރެވޭނެއެވެ. ރޯދައިގެ އެންމެ ބޮޑު އެއް ޙިކުމަތަކީވެސް އެއީއެވެ.

ވީމާ ރޯދައެއް ހިފައި ދުވަސް ނިމިގެންދާއިރު ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެއެވެ. ރެސްޓޯރަންޓްތަކަށް އަގު ބޮޑު ތަކެތި ގަނެގެން ގެންގޮސްދިނުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޞަދަޤާގް ލިބިގަންނަ މީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް އެކަން ކުރުމެވެ.

އެ އުޞޫލުން ބަލާއިރު ފިހެފައި އޮތް ކުކުޅެއް ގަންނަން މިލިބެނީ 10 ޑޮލަރާއި 20 ޑޮލަރާއި ދެމެދުގެ އަގަކަށެވެ. އެ އަދަދަށް ފަޤީރަކަށް ފައިސާ ދީފިނަމަ އެމީހަކާއި އެމީހެއްގެ ޢާއިލާ އެދުވަހު ތިބޭނީ ކައިގެންނެވެ.

ހަމަ އެޢާއިއެކު ތިމާގެ ގޭގައި ކައްކާ ކާބޯތަކެތިން ވެސް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ހަދިޔާކުރަން އެންމެ ރަނގަޅީ ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބާކީވެފައި ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި ޞަދަޤާތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ޞަދަޤާތް އެންމެ ފުރިހަމަވާނީ ޞަދަޤާތް ކުރުމަށް މިންވަރެއް އިތުރުކޮށްގެން ކައްކައި އެބައި ޞަދަޤާތް ކުރުމުންނެވެ.

މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާންދިނުމެވެ. ތަނަވަސްކަން ހުރި މިންވަރަކުން ކާން ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ ކިތަންމެހައިވެސް ފައިދާހުރި ކަމެކެވެ. ވީމާ މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް ކިރިޔާވެސް ފުދުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދޭ ދުވަހަކަށް ހަދާށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން