ހަތިމުގައި އަތްލައި ހުވާކޮށްފަ އެ ހުވާކުރިކަންތައް ނުކުރެވިއްޖެނަމަ ކައްފާރާއެއް ދޭންޖެހޭނެ ހެއްޔެވެ؟ -- ޝައިޚް ޝާފިޢުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ހަތިމުގައި އަތްލައި ހުވާކޮށްފަ އެ ހުވާކުރިކަންތައް ނުކުރެވިއްޖެނަމަ ކައްފާރާއެއް ދޭންޖެހޭނެ ހެއްޔެވެ؟ -- ޝައިޚް ޝާފިޢުގެ ޖަވާބު!

އަހަރެންގެ އަތް ހަތިމުގެ މަތީގައި ބާއްވާފައި، ހަތިމުގައި އަތްލާފައި ހުވާކުރީމެވެ. އެ ހުވާކުރިކަންތައް އަހަރެންނަކަށް ނުކުރެވުނެވެ. ކައްފާރާއެއް ދޭންޖެހޭނެ ހެއްޔެވެ؟ ޖަވާބު:

الحمد لله

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމެއް، ނުވަތަ އެއިލާހުގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފައެއް ގަންދީ މެނުވީ ހުވާނުކުރެވޭނެއެވެ. ޤުރުއާން ގަންދީ ހުވާކުރުމަކީ ﷲ ތަޢާލާގެ ކަލާމްފުޅު ގަންދީ ހުވާކުރުމެވެ. އެހެނީ އެއިލާހުގެ ކަލާމްފުޅަކީ އެއީ އެއިލާހުގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެކެވެ. ހަތިމުގަންދީ ހުވާކުރުން ދަންނައެވެ. އޭނާ އޭގެން އެ މުރާދުކުރަނީ އޭގައިވާ ﷲ ގެ ކަލާމްފުޅުނަމަ އެއީ ޝަރުޢުވެގެންވާ ހުވާކުރުމެކެވެ. އޭނާ އޭގެން މުރާދުކުރަނީ އޭގައިވާ ކަރުދާހާއި ދެލިނަމަ އެއީ ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމެވެ. އެއީ ޝިރުކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވާ ފަަދައިންނެވެ.

( مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ ) رواه الترمذي (1535) وأبو داود (3251) وصححه الألباني في صحيح الترمذي .މާނައީ: "ﷲ ނޫން ފަރާތަކަށް ހުވާކޮށްފިމީހާ، ފަހެ އެމީހާ ކާފިރުވެއްޖެއެވެ ނުވަތަ އެމީހާ ޝިރުކުކޮށްފިއެވެ.

އެހެންކަމުން އައުލާވެގެންވާ ގޮތަކީ އިންސާނާ ހަތިމުގަންދީ ހުވާނުކުރުމެވެ. އެއީ މުޞްޙަފު އެކުލެވިގެންވަނީ ﷲ ގެ ކަލާމްފުޅާއި، ކަރުދާހާއި ދެލީގެ މައްޗަށެވެ.

ފަހެ މުޞްޙަފުގެ މަތީގައި ނުވަތަ އޭގެ ތެރޭގައި އަތް ބޭއްވުން، (އަތްލާފައި ހުވާކުރުން) ދަންނައެވެ. މިއީ އަލަށް ހަދައިގެން އުޅޭ ކަމެކެވެ. ބައެއް މީހުން މިކަންކުރަނީ ހުވާކުރާމީހާ ދޮގުހުވާކުރުމާމެދު އޭނާގެ ހިތުގައި ހައިބަތާއި ބިރުވެރިކަން އުފެއްދުމަށެވެ.

ހަތިމުގަންދީ ހުވާކުރުމުގެ ޙުކުމާމެދު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ.

ޖަވާބު ދެއްވިއެވެ. ‘ހުވާކުރުން ހުއްދަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާ އަދި އެއިލާހުގެ ޞިފަފުޅުތަކުންނެވެ. މީހަކު ﷲ ގަންދީ ހުވާކޮށްފިނަމަ ދެން އޭނާ އަނެއްކާ އޭގެ މައްޗަށް ހުވާކުރުމަށް މުޞްޙަފު ގެނައުމުގެ ބޭނުމެއް ނެތެވެ.

ހަތިމުގައި އަތްލާފައި ހުވާކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، ޞަޙާބީންގެ ޒަމާނުގައި އޮތް ކަމެއް ނޫނެވެ. މުޞްޙަފު ލިޔެވި އެކުލަވާލުމަށް ދަންދެނެވެ. އެބައިމީހުން ހަތިމުގައި އަތްލާފައި ހުވާކުރާކަމުގައި ނުވެއެވެ. އަދި ކިއެއް ހެއްޔެވެ! އިންސާނާ ހުވާކުރާނީ ﷲ ގަންދީއެވެ. މުޞްހަފުގަ އަތްލުމަކާ ނުލައެވެ. "فتاوى نور على الدرب"

مجمع الفقه الإسلامي ގެ ޤަރާރުގައި އައިސްފައިވެއެވެ.

"2-ހުވާކުރާ މީހާ ހުވާކުރާ ހިނދު އޭނާގެ އަތް މުޞްޙަފުގައި ނުވަތަ ތައުރާތުގައި ނުވަތަ އިންޖީލުގައި ނުވަތަ އެނޫންވެސް ފޮތެއްގައި ބޭއްވުމަކީ ހުވާ ޞައްޙަވުމަށްޓަކާ ލާޒިމުކަމެއް ނޫނެވެ. އެކަމަކު ޙާކިމަށް، ހުވާކުރާ މީހާ ދޮގުހުވާކުރުމުން ބިރުގެންނެވުމަށްޓަކައި އެގޮތަށް ފެނިއްޖެނަމަ ޢަމަލުކުރެވިދާނެއެވެ."

"3-ހުވާކުރާ އިރު ހުވާކުރާމީހާ ތައުރާތުގައި އަދި އިންޖީލުގައި އަތް ބޭއްވުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އެފޮތްތަކުގެ ތެރެއިން މިހާރު އަހަރެމެންގެ އަތްމަތީގައިވާ ފޮތްތަކަކީ ބަދަލުކޮށްފައިވާ ފޮތްތަކެކެވެ. މޫސާ ޢަލައިހިއްސަލާމުގެ މައްޗަށް ބާވައިލެއްވި އަޞްލު ތައުރާތެއް ނޫނެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަރީޢަތް ބާވައިލެއްވުމާއެކު އޭގެ ކުރީގައި ބާވައިލެއްވުނު ހުރިހާ ޝަރީޢަތްވަނީ މަންސޫޚުވެފައެވެ." "فتاوى إسلامية" (3/463).

މީހަކު ކަމެއް ކުރުމަށް ހުވައެއްކޮށްފިނަމަ އަދި އެ ހުވަޔާ ޚިލާފުވެއްޖެނަމަ އޭނާ ކައްފާރާ ދިނުން ވާޖިބުވާނެއެވެ.

والله أعلم .

މިއީ އިސްލާމްކިއުއޭ ގައިވާ

https://islamqa.info/ar/answers/98194/%D8%AD%D9%83%D9%85-%D8%A7%D9%84%D8%AD%D9%84%D9%81-%D8%A8%D8%A7%D9%84%D9%85%D8%B5%D8%AD%D9%81-%D9%88%D9%83%D9%81%D8%A7%D8%B1%D8%A9-%D8%A7%D9%84%D8%AD%D9%86%D8%AB-%D9%81%D9%8A%D9%87

އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން