މީހަކަށް ބައިވެރިއަކު ދެއްވެވުމުން ޙަސަދަވެރިނުވެ އުފާކޮށް ދުޢާކުރާ މީހާއަށް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މީހަކަށް ބައިވެރިއަކު ދެއްވެވުމުން ޙަސަދަވެރިނުވެ އުފާކޮށް ދުޢާކުރާ މީހާއަށް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެ! އިން ޝާ ﷲ

ކުޑަކުޑަ މސާލލަކުން ފަށާނަމެވެ. އެކުގައި އުޅޭ 2 އަންހެނުންނެވެ. ނުވަތަ 2 ފިރިހެނުންނެވެ. 2 މީހުންވެސް މަސައްކަތްކުރަނީ ކައިވެންޏެއް ކުރުމަށެވެ. މަސައްކަތްކުރަމުން ދަނިކޮށް އެކަކަށް ކުރިން ހިންމަވައި ދެއްވަވައިފާނެތެވެ!  

އެހާލަތުގައި އަނެކާއަށް ޙަސަދަވެރިނުވާށެވެ! އެ ނިޢްމަތް އޭނާއަށް ދެއްވެވި ކަމަށްޓަކައި އުފާކުރާށެވެ! އަދި ތިމާއަށް ވެސް އަވަހަށް އެފަދަ ފުރުޞަތެއް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!  

ހަމަ ވަރަށް ބޮޑަށް ޔަޤީންކަމާއިއެކު ބުނަމެވެ. މިބުނި މަގުން ޢަމަލުކޮށްފިނަމަ އެމީހަކަށް ފަހުން ނަމަވެސް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެއެވެ! އިން ޝާ ﷲ މިހެން މިބުނީ މިފަދައިން ކަންކަން މެދުވެރިވެފައިވާ މީހުންގެ ތަޖުރިބާއަށް ބަލައެވެ! ހުރިހާ ކަންކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!  

ބުނަން ބޭނުންވަނީ އުފާވެރިކަން ލިބުމަށް އެދޭނަމަ ތިމާއަށްވުރެ އުފަލުގައި އެހެން މީހަކު އުޅޭތީ އެމީހާއަށް ހަސަދަވެރިވުމުގެ ބަދަލުގައި އެމީހާއަށް އުފާވެރިކަން ދެއްވެވިކަމަށްޓަކައި އުފާކުރާ މީހަކަށްވާށެވެ!  

އިންސާނުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވަނީ އެކި މިންވަރަށެވެ! އެކި ވަގުތުގައެވެ. އެމީހާ އެދޭ ކަންކަން ޙާޞިލު ނުކުރެވޭނަމަ އެއީ އެކަމުގެ ވަގުތު އަދި ނުޖެހެނީއެވެ. އެމީހާގެ ފުރުޞަތުގެ ވަގުތު އަދި ނުޖެހެނީއެވެ.  

ތިމާގެ ފުރުޞަތު އަވަސްވުމަށް އެދޭމީހާ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް އުފާކުރުން ގިނަކުރާށެވެ! ތިމާއަށް ހިންމަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އެކަމުގެ ސަބަބުން އެމީހާގެ ފުރުޞަތު ޖެހުން އަވަސްވާނެކަން ޤަބޫލުކުރާށެވެ! އެހެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އެކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އަދި ގިނަގިނައިން ދުޢާކުރާ މީހުން ދެކެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން