އަނބިމީހާ ބަލިވެ އިންނަ ދުވަސްތަކުގަ ހަމައެކަނި ކާއެއްޗެތި ގެއަށް ވެއްދުމަކުން ނުފުދެއެވެ. އެކަނބަލުން ވޭނުގައި އުޅޭނަމަ އޮތީ ކައްކާފައި ކާންދިނުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އަނބިމީހާ ބަލިވެ އިންނަ ދުވަސްތަކުގަ ހަމައެކަނި ކާއެއްޗެތި ގެއަށް ވެއްދުމަކުން ނުފުދެއެވެ. އެކަނބަލުން ވޭނުގައި އުޅޭނަމަ އޮތީ ކައްކާފައި ކާންދިނުމެވެ!

މާބަނޑު އަންހެނުންނަކީ ވަރަށް ގިނަ ގޮތްގޮތުން ވަރަށް ނާޒުކު ޙާލަތެއްގައި ތިބޭ ބައެކެވެ. އެމީހުންނަށް އަޅާ ވޭނާއި އުފުލަންޖެހޭ ތަކްލީފްތަކުގެ ވާހަކަ އެމީހުން ނުދައްކަނީ އެމީހުންގެ ހިތްވަރު ގަދަކަމުންނެވެ. އެވާހަކަތައް ނުދައްކާތީ އެހެން މީހުންނަށް އެކަންކަން ނުއެނގެނީއެވެ. 

އެހެންވެ ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަނބިމީހާ މާބަނޑު ދުވަސްތަކުގައި ގެއަށް ކާއެއްޗެތި ވެއްދުމަކުން އަދި އެއީ އަނބިމީހާއަށް ކާންދެވުނީއެއް ނޫނެވެ. އެމީހުން ވޭނުގައި އުޅޭނަމަ ކާންދިންކަމަށްވާނީ ރޯފިލުވާފައި ކާންދިނުމުންނެވެ. 

އަދި ބަލިވެއިންނަ ދުވަސްތަކުގައި އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަންހުރިވަރަކުން ހަށިގަނޑަށް ފައިދާކުރާނެ ރަނގަޅު ކާބޯތަކެތި ވެސް ހޯދައިދޭންވާނެއެވެ. 

"މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކްލީފެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމްވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމްވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާ އާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދު ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދު ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!"

(އަލް ބަޤަރާ: 233) 

މިއާޔަތުގައި އެވަނީ ގާތުންދޭ ދުވަސްވަރުގެ ވާހަކައެވެ. ބަލިވެ އިންނަ ދުވަސްތަކަކީ އެކަމަށް ތައްޔާރުވުމުގެ ދުވަސްތަކެވެ. އެދުވަސްތަކުގައިވެސް އޮތީ ވީހައި ރަނގަޅަކަށް އެކަނބަލުންނަށް ކަންތައްތައް ކޮށްދިނުމެވެ. 

މި އާޔަތްވެސް ބައްލަވާށެވެ! 

"ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒުޤް ދަތިކުރައްވާފައިވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް ނަފްސަކަށް، އެ އެނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކްލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާހުށްޓެވެ."

--އައްޠަލާޤް: 7) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަނބިންނަށް އަބަދުވެސް އޯގާތެރިކޮށް ހިތަންވާނެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްތަކުގައެވެ. އެކަނބަލުންގެ ހިތުގައި ޖައްސުވައި ނުރޮއްވާށެވެ. އެކަމުގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށްވެސް ކުރާނެތީއެވެ. 

އެއްވެސް މީހަކާ ދޭތެރޭ އިހާނެތިގޮތަކަށް ކަންތައް ކޮށްގެން ނުވާނެއެވެ. ވަކިން ޚާއްޞަކޮށް މާބަނޑު އަންހެނެއް ވީމައި އޯގާތެރިކަމާއި އަޅާލުން އިތުރުކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން