ތައުބާ ޤަބޫލުފުޅު ކުރައްވަވާނެ މީހަކު ކަމުގަ ނުވެވިއްޖެނަމަ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތައުބާ ޤަބޫލުފުޅު ކުރައްވަވާނެ މީހަކު ކަމުގަ ނުވެވިއްޖެނަމަ ޙާލަކީ ކޮބާ؟

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." ( އައްނިސާ: 18) 

މިއާޔަތުގައި ބަޔާންކުރައްވަވާފައި އެވަނީ މަރުގެ މަލާއިކަތާ އެމީހަކަށް ފެންނަ ވަޤުތުން ފެށިގެން ތައުބާވުމުގެ ފުރުޞަތު އެމީހަކަށް ގެއްލޭނެ ކަމެވެ. ދެން އެއޮތީ ޝަރީކުކުރުންމަތީގައި މަރުވާ މީހުންގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. 

ހަމަ އެއާއިއެކު ތައުބާ ލެއްވެވުން ވަނީ ކޮންބައަކަށްކަންވެސް ވަނީ ވަޙީކުރައްވަވައިފައެވެ. 

"ތައުބާ ލެއްވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲه ވޮޑިގެންވެއެވެ." (އައްނިސާ: 17) 

މިއީ ކަންކަން އޮތްގޮތެވެ. މަލާއިކަތުން އެމީހެއްގެ ފުރާނަ ހިއްޕަވަން ވަޑައިގަތުމުން އިތުރު އަޅުކަން ކުރުމަށާއި ތައުބާވުމަށް އެންމެންވެސް ފުރުޞަތަށް އެދޭނެއެވެ. އެކަމަކު ނުދެއްވަވާނެއެވެ! 

ސުވާލަކީ މިކަން ޔަޤީންވާއިރު މަލަކުލްމައުތު މަރު ހިއްޕަވަން ވަޑައިގަތުމުގެ ކުރިން ތައުބާވެ ކުރެވުނުހައި ގިނައިން އަޅުކަންކުރަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ތައުބާ ނުވެވި ހުއްޓައި މަލަކުލްމައުތު ތިބާއާއި ބައްދަލުކޮށްފިނަމަ ތިބާގެ ޙާލަކީ ކޮބައި ހެއްޔެވެ؟ 

މި ދެ އާޔަތަށް ފުްނކޮށް ވިސްނައި ބިރުވެތިވެ، ޢަމަލުކޮށްގެން ނޫނީ ނަރަކައިން ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ ވަޤުތު އެއްވައި ވިސްނައި ޢަމަލުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން