ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން އެންމެ ފަސޭހަ، ޔަޤީން މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން އެންމެ ފަސޭހަ، ޔަޤީން މަގު!: މުފްތީ މެންކް

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމެވެ. އެކަމަށް އޮތް އެންމެ ފަސޭހަ އަދި ހަމައެކަނި މަގަކީވެސް އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގަތުމެވެ. އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަތުން ލިބުމެވެ. ވީމާ މިކިޔައިދެނީ އެ މަތިވެރި ނިޢްމަތް ޔަޤީންކަމާއިއެކު ޙާޞިލުކުރެވޭނެ މަގެވެ! ﷲ ތައާލާގެ ވަހީ ބަސްފުޅުންނެވެ.

ކުރިމަތިވެފައިވާ ދަތިކަމަކުން އަރައިގަތުމަށް އެމީހާ އަމިއްލައަށް މަސައްކަތްކުރާނަމަ އެމީހަކު އެ މަސައްކަތްކުރަނީ އެމީހަކު އަމިއްލައަށެވެ! ނަމަވެސް އެމީހާ، ﷲ ތަޢާލާ އުފެއްދެވި އެހެން މަޚްލޫޤުްނަށް އެހީތެރިވާނަމަ އެމީހާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. އެއިރުން އިތުރު އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުމެއް ނުވާނެއެވެ! ސުބްހާނަﷲ

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލު ނުކުރެވޭނަމަ ނުވަތަ އެއްވެސް ދަތިކަމެއް ކުރިމަތިވެ އެކަމަކުން އަރައިނުގަނެވޭނަމަ ފުރަތަމަވެސް ބަލައިލަންވީ ތިމާ ބަލަހައްޓަންޖެހޭ އެހެން މީޙުންގެ ޙައްޤުތައް އަދާކޮށްދެވިފައިވޭތޯއެވެ؟ އެހެން މީހަކަށް އެހީތެރިވެދެވިފައިވަނީ ކިހައިވަރަކަށްތޯއެވެ؟

ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ މީހަކަށް، މީސްތަކުންނަށް އެހީތެރިވެ ދިނުމުގައި އެމީހަކު ދެމިހުރިހައި ހިނދަކު އެމީހަކަށް އެހީތެރިވެދެއްވެވުމުގައި ތިމަން ﷲ ދެމިވޮޑިގެން ހުންނަވާ ކަމަށެވެ! ވީމާ ތިމާއަށް އެއްވެސް ކަމަކަށް ދަތިވާނަމަ އެހެންމީހުންނަށް އެހީތެރިވުން އިތުރުކުރާށެވެ! އަނބިދަރިންނަށާއި ގާތްތިމާގެ މީހުންނަށް އެހީތެރިވާށެވެ! އެހެން މީހުންނަށްވެސް އެހީތެރިވާށެވެ! އެއިރުން، އެކަމުގައި ތިބާ ދެމިހުންނަހައި ހިނދަކު ﷲ ތަޢާލާ ތިބާގެ ބޭނުންތައް ފުދައްވައި ދެއްވަވަމުން ގެނަދަވާނެތެވެ!

މިއަދަކީ ހުކުރު ދުވަހެވެ! މިތިބީ ހުކުރަށް އައިހެވެ! ނިކަން ބުނެބަލާށެވެ! އަހަރެމެން ހުކުރަށް އައުމުގެ ކުރިން ނިކަމެއްޗަކަށް ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ޞަދަޤާތްކުރީ ކިތައް މީހުން ހެއްޔެވެ؟ ނޫންނަމަ ހުކުރަށްފަހުގައިވެސް އެހެން މީހަކަށް އެހީތެރިވާން ހިތުއަޅައިގެން ތިބީ ކިތައް މީހުން ހެއްޔެވެ؟

މިހެން ބުނުމުން ތިމާޢަތުގައި ޞަދަޤާތްކުރާނެ ފައިސާ ނެތްކަމަށް ބުނެފާނެއެވެ. މީސްތަކުންނޭވެ! ޞަދަޤާތްކުރުމަކީ ހަމައެކަނި ފައިސާއިން ކުރެވޭ ކަމެއް ނޫނެވެ! މީހަކަށް ހެޔޮކޮށް ހިތުމާއި އެހީތެރިވުމާއި އެންމެކުޑަމިނުން ހިނިތުންވެލުމަކީވެސް ހަމަ ޞަދަޤާތެވެ. ޙާލުގައިވާ މީހެއްގެ ޙާލުބަލާލައި ހިތްވަރުދިނުމަކީވެސް ޞަދަޤާތެކެވެ!

ޔަތީމެއްގެ ބޮލުގައި ރަޙުމާއެކު ފިރުމައިލުމާއި ހުވަފަތް އަންހެނަކަށް އެހީތެރިވުން ފަދަ ކޮންމެ ކަމަކީ ވެސް އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތައާލާ ރަޙްމަތް ލައްވަވާނެ ކަންކަމެވެ. ވީމާ ދަހިވެތިނުވާށެވެ! ފައިސާ ނެތްނަމަ ހެޔޮ ކަމެއްކޮށްދީގެންވެސް މީހަކަށް އެހީތެރިވާށެވެ! ދަހިމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ.

--މުފްތީ މެންކުގެ ޚުޠުބާއަކުން

މިއަދު އޮންލައިން