ތިބާއަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދިއުމަށް އެދޭމީހާ މިމަގުން ޢަމަލުކުރާށެވެ! ރަޙްމަތް ލައްވަވާނެކަން ޔަޤީނެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާއަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދިއުމަށް އެދޭމީހާ މިމަގުން ޢަމަލުކުރާށެވެ! ރަޙްމަތް ލައްވަވާނެކަން ޔަޤީނެވެ! އިން ޝާ ﷲ

އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ ދުނިޔެއާއި މުޖުތަމައުގައި ހިނގާ ކަންކަމަށް ކަންބޮޑުވާ ބައެކެވެ. ސުވާލަކީ ތިމާގެ ހަޔާތާއިމެދު ތިމާ ކަންބޮޑުވޭހެއްޔެވެ؟ ދުނިޔެއާއި މުޖުތަމަޢުގެ ކަންކަން އިޞްލާޙްކުރަން ބޭނުންވުމުގެ ކުރިން ތިމާގެ އަމިއްލަ ޙަޔާތުގެ ކަންކަން އިޞްލާޙްކުރަން ޖެހޭނެ ކަމަށް ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ބައެއް މީހުން ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާ ވާހަކަދައްކައެވެ. އެފަދަ ވާހަކަތައް ދައްކަން ރޭގަނޑު އެތައް ގަޑިއިރެއްވަންދެން ހޭލައިވެސް ތިބެދާނެއެވެ. އެކަމަކު ދެން ކަންތައްވަނީ ކިހިނެއްހެއްޔެވެ؟ ނިދާފައި ހޭލަނީ އިރުއަރައި 9،10 ޖަހާފަހުންނެވެ. އެދުވަސް އެމީހަކަށް ގެއްލިގެންދާ ފަހުންނެވެ. އެކަމަކު އަނެއް ދުވަހުވެސް ހަމަ ކުރީ ދުވަހު ދެއްކި ވާހަކަތައް ދައްކާނެއެވެ. 

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވާށެވެ! އެކަމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަތިސްނަމާދަށް ހޭލުމެވެ. އެއަށްފަހު ޛިކުރުކޮށް ޤުރްއާން ކިޔެވުމުގައި ވަޤުތުކޮޅެއް ހޭދަކުރުމަށްފަހު ދުވަހުގެ މަސައްކަތަށް ފެށުމެވެ. 

މިހެން ބުނީމާ ބައެއް މީހުން ބުނެފާނެއެވެ. އޮފީހަސްދާންޖެހެނީ 9 ޖަހާއިރުއެވެ. އެއީ ކޮން މައްސަލައެއް ހެއްޔެވެ؟ އޮފީހަށްދާންވަންދެން އަމިއްލަ ކަންކަން ކުރަންވީ ނޫންހެއްޔެވެ؟ ގޭތެރެ ސާފުކޮށް އެއްޗެތިދޮވުނިއްޔާ އޮފީހުން އައިސް އެކަންކަން ކުރާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ 

ބުނަންހެއްޔެވެ؟ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް އަވަހަށް ނިދާށެވެ. ފަތިހު ތެދުވެ މިބުނި މަގުން ޢަމަލުކުރާށެވެ. ފަތިހު ތެދުވެ މިބުނި މަގުން ޢަމަލުކުރާމީހަކަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން