ވަރަށް އާދައިގެ ކަންކަމާ ގުޅިގެންވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރާއިރު އިސްލާމް ދީނަށް ގޮންޖަހައި ފައުޅުގަ އެހެން ދީންތަކުގެ އަޅުކަންކުރާއިރު މަޖިލީހަށް ހާޒިރު ނުކުރަނީ ކީއްވެ؟
މިއީ ގިނަ ބައަކު މިއަދު ކުރަމުން ގެންދާ ސުވާލެކެވެ. މުސުވާލަށް ވަރަށް ރަނގަޅު ޖަވާބެއް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ދެއްވައިފައެވެ.
"އިއްޒަތްތެރި ގޮނޑި ގޮނޑިއަށް މީހުން ހޮވާއިރު އެމީހުންގެ ދީންވެރިކަމަށާއި ރިވެތި އަޚްލާޤަށް ބެލުމެއްނެތި ހަމައެކަނި ސިޔާސީ ފިކުރަށް ނުވަތަ އަމިއްލަ ފައިދާއަށް ބަލައިގެން އެކަން ކުރަމުން ގެންދާނަމަ ހީވެސް ނުކުރާ އެތައްކަމެއް ފެންނާނެއެވެ. ވޯޓަކީ އަމާނާތެކޭ ބުނަނީ އެހެންވީމައެވެ".
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ޝައިޚް ޢަލީ ޒާހިރު މިފަދަ ބަސްފުޅެއް ވިދާޅުވީ ﷲ އަށް ގޮންޖަހައި އެބައަކު ބޭނުންވާ ގޮތަށް ޤާނޫނުތައް ހަދަމުން ގެންދާ މަޖިލީހުގެ ރަސްމީ މަސައްކަތްތަކުގެ ތެރެއިން، ކީރިތި ޤުރްއާނުގެ ޢާޔަތްތައް ދޮގުކޮށް އެ އާޔަތްތަކަށް ފުރައްސާރަކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ! މީގެ އިތުރުން މިފަދަ އަމަލުތައް ކުރާ މީހުންނަށް އެ މަޖިލީހުގެ ރަސްމީ މަސައްކަތުގެ ތެރެއިން އަންނަނީ އެފަދަ ކަންކަން ކުރަން ހިތްވަރުވެސްދެމުންނެވެ.
ރާއްޖޭގައި އެހެން ދީންތަކަށް ފައުޅުގައި އަޅުކަންކުރުމާއި އެނޫންވެސް އެފަދަ މައްސަލަތައް މިހައި ގިނައިން ކުރިމަތިވި ޒަމާނެއް ތާރީކުން ފެންނަން ނެތްކަން ގިނަ ބައަކު ފާހަގަކުރެއެވެ.