ނަމާދުގައި ކިޔަވާއިރު ދިގުކޮށް ކިޔަވަމުންގޮސް ވަރުބަލިނުވާށެވެ! ފަސޭހައިން ކިޔެވޭވަރަކަށް ރިވެތިކޮށް ކިޔަވާށެވެ! އެންމެ މުހިންމީ ސަމާލުކަން ދީގެން ކިޔަވާ ބައި ފުރިހައަށް ކިޔެވުމެވެ.
އިމާމްވެ ނަމާދުކުރާ މީހުން މިކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ! ސުންނަތުގައި އޮތް މަގުން ނަމާދުކުރާށެވެ! ނޫނީ މީހުން ފޫހިވެ މިސްކިތަށް އައުން މަދުވެދާނެއެވެ!
- މުފްތީ މެންކް
މިއީ އެކަނިހުރެ ނަމާދުކުރާ މީހުންވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. ދިގުކޮށް ކިޔެވިނަމަވެސް ކިޔަވަންވާނީ ސަމާލުކަންދީގެންނެވެ. ކޮންމެހެން ވަކި ސޫރަތެއް ނިންމަން ބޭނުންވެގެން ކިޔަވައި ސޫރަތް ނިންމި ނަމަވެސް ކިޔެވުމަށް ސަމާލުކަން ނުދެވޭނަމަ ޢަމަލުއެކުރެވުނީ ރަނގަޅަކަށް ނޫނެވެ. ޤުރްއާން ކިޔަވަންޖެހޭނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.