އެންމެ ހިތްދަތި ޚަބަރު ލިބިވަޑައިގަތުމުން އިބްން ޢައްބާސް ޢަމަލުކުރެއްވެވިގޮތަކީ އަހަރެމެން އެންމެން ޢަމަލުކުރަންވީ މަގެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެންމެ ހިތްދަތި ޚަބަރު ލިބިވަޑައިގަތުމުން އިބްން ޢައްބާސް ޢަމަލުކުރެއްވެވިގޮތަކީ އަހަރެމެން އެންމެން ޢަމަލުކުރަންވީ މަގެވެ!

އިބްން ޢައްބާސް ދަތުރުފުޅެއްގެމަތީގައި ބައަކާއިއެކު ވަނިކޮށް މީހަކު އައިސް ކަންފަތްޕުޅު ގާތު (އެހެން މީހުންނަށް ސިއްރުން) ވާހަކައެއް ދެންނެވިއެވެ. އެހިނދު އޭނާގެ ވާހަކަ އަޑުއެއްސެވުމަށްފަހު ވަގުތުން ޤިބްލައަށް ކުރިމަތިލައްވަވައި 2 ރަކްޢަތް ނަމާދެއް ކުރެއްވެވިއެވެ. 

ނަމާދަށް ފެށްޓެވުމުން އެވާހަކަ ދެންނެވި ބޭކަލަކާއި، އެބޭކަލަކު ދެންނެވި ވާހަކަފުޅާއިމެދު ސުވާލުކުރެވުނެވެ. ޖަވާބުގައި އެބޭކަލަކު ދެންނެވީ އިބްން ޢައްބާސްއަށް ދެންނެވީ ދަރިކަލުން ދުނިޔެ ދޫކުރެއްވެވި ވާހަކަ ކަމަށެވެ. 

ނަމާދުން ނިމިވަޑައިގަތުމުން އިންބް ޢަބާސްގެ އަރިއަހުގައި އެކަލޭގެފާނުގެ އަރިއަހުގައި "އެފަދަ ހިތާމަވެރި ޚަބަރެއް ލިބިވަޑައިގަތުމުންވެސް މޫނުފުޅުން އެއްވެސް ބަދަލެއް ނުފެނުނު ސަބަބާއި އަދި ނަމާދަށް އަވަސްވެވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން ސުވާލު ދެންނެވުނެވެ.

ޖަވާބުގައި ވިދާޅުވީ "ﷲ ވަޙީ ކުރައްވަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދުން ވާގި އެދުމަށާއި އަދި ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ނޫން ހެއްޔެވެ؟" 

މިއީ ރަސޫލް () ޞަހާބީންނަށް ދެއްވެވި ތަމްރީނެވެ. މުޞީބާތާއި ހިތްދަތިކަމުގެ ވަގުތުގައި ޢަމަލުކުރަން ދަސްފުޅުކޮށްދެއްވެވި ގޮތެވެ!  

މީސްތަކުންނޭވެ! ކޮންމެ ހިތަދަތިކަމަކުން ވެސް އަރައިގަނެވޭނީ ﷲ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެއީ ގާތް ރަހްމަތްތެރިގިނަވުމަކުން ނުވަތަ އެއްވެސް ބައެއްގެ ނުފޫޒުގަދަވުމަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެން ގުޅުނު ނަމަވެސް ކޮށްދެވެންވެސް އޮތް ކަމެއް ނޫނެވެ! ވީމާ މުޞީބާތާއި ހިތްދަތިކަމުން އަރައިގަތުމަށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރާށެވެ! ހުރިހާ ކަމަކުންވެސް އަރައަިގަނެވޭނެއެވެ! އިން ޝާ ﷲ

 

- -އުސްތާޛް ސާދް ތަސްލީމްގެ ދަރުސަކުން

މިއަދު އޮންލައިން