އަނެކާ ޖަހާ އަގުބޮޑު ސެންޓް ނުލިބިގެން ދެރަނުވާށެވެ! ދުވަހަކުވެސް ވަސް ނުފިލާނެ، އެންމެ މީރުވަސްދުވާ ހުވަނދު ތިބާގެ ގައިގައި ލައްވަވާނެ މީހަކަށް ވެވޭތޯ މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަނެކާ ޖަހާ އަގުބޮޑު ސެންޓް ނުލިބިގެން ދެރަނުވާށެވެ! ދުވަހަކުވެސް ވަސް ނުފިލާނެ، އެންމެ މީރުވަސްދުވާ ހުވަނދު ތިބާގެ ގައިގައި ލައްވަވާނެ މީހަކަށް ވެވޭތޯ މަސައްކަތްކުރާށެވެ!

މީސްތަކުން ޢާންކޮށް ކުރާ ޚަރަދުތަކަށްބަލާއިރު އެންމެ ބޮޑު ހޭދައެއްކުރާ އެއްކަމަކީ ހުވަނދު ގަތުމެވެ. ގިނަ މީހުން ހުވަނދަށް ލޯބިކުރެއެވެ. ކޮންމެ އަގެއް ދީފައި ގަނެގެންވެސް ލާން ބޭނުންވަނީ އެންމެ އަގުބޮޑު ހުވަނދެވެ. އެތައް ވައްތަރެއްގެ ހުވަނދު ގަނެވޭއިރުވެސް ހިތް ނުފުރޭ މީހުން ވަރަށް ގިނައެވެ.

ކިތަންމެ ބޮޑު ހޭދައެއްކޮށްގެންވެސް، ކިތަންމެ ގިނަ ބާވަތުގެ ހުވަނދު ޖަމާކޮށްގެން 4 އިރު 4 ބާވަތުގެ ހުވަނދުލީ ނަމަވެސް ދުނިޔޭގައިލާ އަގުބޮޑު ހުވަނދުން ލިބޭ ހިތްހަމަ ޖެހުމަކީ ވަގުތީ ހިތްހަމަޖެހުމެކެވެ. އެއިގެ ވަސް ފިލާނެއެވެ! ވަސްނުފިލައި ހުންނަ ހުވަނދެއް އަދި އުފެއްދިފައެއް ނުވެއެވެ. އަދި އުފެއްދޭނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އެއީ ސުވަރުގެއިން ލިބެންއޮތް ނިޢްމަތެކެވެ.

ދުނިޔޭގައި ހުވަނދުލާން ނުލިބުމަކީ މައްސަލައެއް ކަމަށް ނުދެވޭށެވެ! އެހެނީ ތިބާއަކީ ތަޤްވާވެރިއަކަށް ވެވިއްޖެ ނަމަ ތިބާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެންނެވެ. އެ ހުވަނދުން ހުވަނދުލެވިއްޖެނަމަ ދުވަހަކުވެސް ވަހެއް ނުފިލާނެއެވެ. އަދި ނަރަކައިގެ ހޫނުކަން ތިބާގެ ގައިގައި ނުވެސް ބީހޭނެއެވެ! ދާއިމީ މަންޒިލަކަށްވާނީ ސުވަރުގެއެވެ.

ވީމާ ފަޤީރުވުމުގެ ސަބަބުން ހުވަނދު ގަންނަން ނުލިބުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ކިތަންމެ ފަޤީރު ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ތަޤްވާވެރިއަކަށްވެވިދާނެއެވެ. އެއިރުން ދުވަހަކުވެސް ވަސް ނުފިލާނެ، އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ހުވަނދު ލިބިގެން އެދަނީ އެކަމަށް އެންމެ ރިޔާލައެއްވެސް އަތުން ހޭދަކުރަން ނުޖެހިއެވެ! ގަދައަޅައި މަސައްކަތްކުރަންވީ އެ ހުވަނދުލެވޭމީހަކަށްވުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން