އަމިއްލަ ދަރިއަކުނަމަވެސް ކުށަކަށް އަރައިގަނެ، އެކަން ޘާބިތުވުމުން އަދަބު ދެވެންޖެހޭނެއެވެ.. އެކަމަށް ހުރަސްއެޅުމަކީ ލޯބިވުމެއް ނޫނެވެ! އެކަންވާނީ ދަރިފުޅު ހަލާކު ކުރުމަށެވެ. ކުށެއް ކުރެވިއްޖެކަން އިޙްސާސްކުރެވި އިޞްލާޙުވުމަށް ފުރުޞަތު ދޭންޖެހޭނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރަސޫލް ﷺ ގެ ޙަދީޘްފުޅުގައިވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވެވި ނަމަވެސް އެކަމަނާގެ އަތްޕުޅު ކަނޑުއްވަވާނެ ކަމަށެވެ. މިޙަދީޘްފުޅު ކުރިން ޚުޠުބާތަކުންވެސް ވަރަށް ގިނައިން އަޑުއިވެއެވެ. ނަމަވެސް މިހާރަކަށް އައިސް އެކަންވަނީ ހުއްޓިފައެވެ.
އިސްލާމް ދީނުގައި ޙުކުމް އޮތީ މިފަދައިން ނަމަވެސް ރާއްޖޭގައި ކުށްކުރާ ގާތް މީހުން އެކުށުން ބަރީޢަކުރުމުގެ ޘަޤާފަތު އިތުރަށް ފުޅައުވެ އިންޑިއާ މީހުން ކުރާ ކުށްތަކަށްވެސް އަދަބެއް ނުދެއެވެ. އިސްލާމް ދީނަށް ދެކޮޅު ހަދައި ރައްޔިތުން މަގުފުރައްދަން މަސައްކަތްކުރުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރުވެސް އެއިން މީހެއްގެ މައްޗަށް ދަޢުވާ އުފުލި ޝަރީޢަތްކުރެވޭތަނެއް ނުފެނެއެވެ. ޙުކުމް އިއްވޭ އަޑެއް ނުއިވެއެވެ. އޮންނަނީ ކޮންމެވެސް ގޮތަކުން އެމީހާ ސަލާމަތްކޮށްފައެވެ.
މިފަދަ ކުށްތައް ކުރާ މީހުންނަށް ޙިމާޔަތްދީ ފުރުވައިލުމާއި ރަސޫލް ﷺ ގެ ޒަމާނުގައި ވައްލަންކުރި ޤަދަރުވެރި އަންހެނާ ސިއްރިޔާތުގައި ފިލައިގެން ދިއުމާއި ހުރި ކޮންތަފާތެއް ހެއްޔެވެ؟