ތިބާއަކީ މި 2 ސިފަ ހުންނަ މީހަކު ކަމުގަވެފައި ތިބާ ޙާލުގަ ޖެހިއްޖެނަމަ ސަލާމަތްކުރައްވަވަން އިތުރަށްވެސް މަލާއިކަތުން ފޮނުއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ތިބާއަކީ މި 2 ސިފަ ހުންނަ މީހަކު ކަމުގަވެފައި ތިބާ ޙާލުގަ ޖެހިއްޖެނަމަ ސަލާމަތްކުރައްވަވަން އިތުރަށްވެސް މަލާއިކަތުން ފޮނުއްވަވާނެ!: މުފްތީ މެންކް

މިރޭގެ މަޟޫއަށް ޖެހިލައި ބުނަން ބޭނުންމިވަނީ އެމީހަކީ ކޮންމެ މީހަކު ކަމުގައިވީނަމަވެސް އަދި ކޮންމެ ބައަކު ކަމުގައިވީނަމަވެސް އެބައެއްގެ ކިބައިގައި މިދެ ސިފަ ހުރެއްޖެ ނަމަ، އެމީހުންނަށް އެއްވެސް ނުރައްކައުތެރިކަމެއް ކުރިމަތިވެއްޖެނަމަ، އެމީހުންގެ ދިފާޢުގައި، އެމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވަވާނެ ކަމަށެވެ. އެބައަކު ނިކަމެތިވުމަށް ދޫނުކުރައްވަވާނެ ކަމެވެ. 

އެދެ ސިފައަކީ ބަނދުރު ހަގުރާމައަށް ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވެވި ސަބަބެވެ! އެއީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންގެ ކެތްތެރިކަމާއި ތަޤްވާގެ މަތިވެރިކަމެވެ. މިއަދުވެސް އެކަން އޮތީ ހަމައެހެންނެވެ. ޒަމާން ފަސްވުމަކުން މީސްތަކުންނަށް ﷲ ތަޢާލާ މިންވަރުކޮށްދެއްވަވާ ނިޢްމަތްތަކަކަށް އެއްވެސް އުނިކަމެއް ނުގެންނަވަތެވެ! އެކަންކަން ވަނީ ހަމަ ކުރިއާއި އެއްފަަދއިން ޢާންމުކޮށް ހުޅުވައިލައްވަވައިފައެވެ. ފަހު ޒަމާން ކަމަށް ބުނެ ޒިންމާ އުފުލުމުގައި ފަރުވާކުދަކުރަމުން މިގެންދަނީ މީސްތަކުންނެވެ! 

މިހެން ބުނުމުން ކޮންމެ ދަތިކަމެއް މެދުވެރިވާއިރަށް އުޑުން މަލާއިކަތުން ފައިބާވަޑައިގަތުމުގެ މާނައަށް އެކަނި ނުވިސްނާށެވެ! މިބިމުގައި އަހަރެމެން ކޮންމެ މީހަކާއިއެކުގައިވެސް މަލާއިކަތުންވެއެވެ! އަދި ޔަޤީންކުރަންވީ ކަމަކީ ކެތްތެރި، ތަޤްވާވެރިއަކު ނިކަމެތި ނުކުރައްވަވާނެ ކަމެވެ. ކުރިމަތިވާ ކޮންމެ މުޞީބާތަކުންވެސް ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމެވެ.

މިއަދު އަހަރެމެންނާއިއެކުގައި ވެސް ވޮޑިގެންވަނީ ދެ ފަހަރުމަތިން މަލާއިކަތުން ފޮނުއްވަވައިގެން ކެތްތެރި ތަޤްވާވެރިންނަށް އެދުވަހު ނަޞްރު ދެއްވެވި ﷲ ތަޢާލާއެވެ. ނަޞްރު ލިބިގަތުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ.  

ބަދުރު ހަނގުރާމައިގެ ދުވަހު އެތައްހާސް މަލާއިކަތުން ފައިބާވަޑައިގެން މުސްލިމުންނާއިއެކު ހަނގުރާމަކުރައްވެވި ކަމާއި މުސްލިމުންގެ އެހައި މަދު މީސްކޮޅަކަށް ވެސް މުޝްރކުންގެ އެހައި ބޮޑު ލަޝްކަރެއްގެ ކިބައިން އެހައި ފަސޭހައިން ނަޞްރު ލިބިގެން ދިއައީ އެކަމުގެ ސަބަބުންކަން މިއޮތީ އެނގޭށެވެ!  

އަދި ކީއްހެއްޔެވެ؟ ހަމައެކަނި މަލާއިކަތުން ފޮނުއްވެވީއެއް ނޫނެވެ. ދެ ފަހަރުމަތިން ފޮނުއްވެވިއެވެ. މުސްލިމުންނަށް ހަނގުރާމައިން ނަޞްރު ލިބެންދެން އެބޭކަލުން މުސްލިމުންނާއިއެކު ހަނގުރާމަކުރެއްވެވިއެވެ.  

"މިއަދު ކަލޭމެންނަށް މޮޅުކަން ލިބުނީ ކަލޭމެންގެ މޮޅުކަމަކުން ނޫން! މަތިން ހުދުހެދުމުގައި ފޭބި ބައެއްގެ ސަބަބުން" ހަނގުރާމައަށްފަހު މުޝްރިކުން ވަނީ މިފަދަ ބަސްތައް ބުނެފައެވެ. އެކަމުން އެނގިގެންދަނީ މުޝްރިކުންގެ ތރެއިން ﷲ ތަޢާލާ އިރާދްކުރެއްވެވި އަޅަކަށް ބަދުރު ހަނގުރާމައަށް އުޑުން ފޮނުއްވެވި މަލާއިކަތްބޭކަލުން ދެއްކެވި ކަމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން