ރިޒުޤް ލިބުން ދަތިވާނަމަ ގިނަ ބައަކަށް ކަންތައް ކުރެވޭގޮތަކީ އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމެވެ. ނަމަވެސް ހަމައެކަނި މަސައްކަތްކުރުމަކުން ނުފުދޭނެއެވެ.
ކީރިތި ޤުރްއާނުގައި ވަނީ މިފަދައިންނެވެ.
"---އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (.) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވަވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."
(އައްޠަލާޤް: 2،3)
ވީމާ ރިޒްޤް ލިބުން ދަތިވާނަމަ، އަތްމަތިދަތިވާނަމަ ފުރަތަމަ ކަމަކަށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތް އިތުރުކުރަންވީ އެއިގެ ފަހަތުންނެވެ. ރިޒްޤް ދެއްވަވަނީ ﷲ އެވެ. ވީމާ ފުރަތަމަކަށް އޮތީ ރިޒްޤް ދެއްވަވާ ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ.
އާޔަތުގައި އެވަނީ އެއިރުން ހީވެސްނުކުރާފަދަ ގޮތްގޮތުން ﷲ އޭނާއަށް ރިޒްޤް ދެއްވަވާނެކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން