ބައިވެރިޔާއާމެދު ޝައްކު އުފައްދުވައި އެޝައްކު ޔަޤީންކުރުވަން ނިދީގަ ޝައިޠޯނާ ދައްކާ ހުވަފެންތަކުން ސަލާމަތްވާން މިމަގުން ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބައިވެރިޔާއާމެދު ޝައްކު އުފައްދުވައި އެޝައްކު ޔަޤީންކުރުވަން ނިދީގަ ޝައިޠޯނާ ދައްކާ ހުވަފެންތަކުން ސަލާމަތްވާން މިމަގުން ޢަމަލުކުރާށެވެ!

ތިބާގެ ބައިވެރިޔާގެ ޢަމަލުތަކުން އެއްވެސް ކުށެއް ނުފެނުނު ނަމަވެސް ހިތުގައި ޝައްކުތައް އުފެދުމާއި ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އޭނާގެ ގާތް އުޚުތަކަށް ނުވަތަ އަޚަކަށް ބަލއިލެވޭ ގޮތަކުންވެސް އެދެމީހުންގެ މެދުގައި ސިއްރު ގުޅުމެއް އޮންނަ ކަމަށް ޝައްކުކުރެވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.  

މިމައްސަލަތައް މިގޮތަށް މެދުވެރިކުރުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާދޭ ވަސްވާސްތަކުގެ ސަބަބުންނެވެ. ދެން މިވާގޮތަކީ އެކަންކަމަށް މަޝްވަރާނުކޮށް ބޮޑު ބުރައެއް ގޮތަށް ހިތުގައި ޖހައި ނިދަން އޮށޯންނަނީއެވެ. ނިދީގައި މިފެންނަނީ ދުވާލުކުރެވުނު ޝައްކުތަކަކީ ތެދެއްކަމުގެ ހުވަފެންތަކެވެ. 2،3 ރޭ ޖެހިޖެހިގެންވެސް ހުވަފެން ފެނިދާނެއެވެ. މިކަންވެސް ކުރިމަތިކުރުވަނީ ހަމަ ޝައިޠޯނާއެވެ!  

ދެން ކަންތައްވަނީ ކިހިނަކުންހެއްޔެވެ؟ ކުރެވޭ ޝައްކުތައް އެއީ ޙަޤީޤަތްކަމަށް ޤަބޫލުކުރެވެނީއެވެ. ބައިވެރިޔާއަށް ނަފްރަތުކުރެވެން ފަށަނީއެވެ. އެކަންކަން ބޮޑުވަމުން އައިސް ދެމަފިރިން ވަކިވާންޖެހޭ ޙާލަތަށްވެސް ކަންކަން ދަނީއެވެ. ޢާއިލާ ރޫޅި ދެމަފިރިންވަކިވެ ދަރިންކޮޅު ނިކަމެތިވަނީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ މައްސަލަތައް މިއުފައްދުވަނީ ޝައިޠޯނާއެވެ. އެކަމަށް ސަމާލުކަންދޭށެވެ. ފުރަތަމަ ކަމަކަށްވެސް ކިތަންމެ ކުޑަކުޑަކަމަކަށް ޝައްކުކުރެވުނު ނަމަވެސް ދެމީހުންގެ މެދުގައި މަޝްވަރާކުރާށެވެ. ނިދުމުގެ ކުރިން އެންމެންނަށް މާފުކުރުމަކީ ސުވަރުގެ ދެއްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ކޮންމެހެންވެސް ދެމަފިރިން ނިދަންވާނީ އެކަކު އަނެކަކަށް މާފުކޮށްގެންނެވެ.  

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔެވުމުގައި ފަރުވާތެރިވާށެވެ! ފަތިސްނަމާދުން ދުވަސްފަށާށެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވެވި ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބޭނެ ހުރިހާ ކަމެއްވެސް ކުރަމުން ގެންދާށެވެ. އެއިރުން ޝައިޠޯނާއަކަށް ކައިރިއެއް ނުވެވޭނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން