އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކުރިވާހަކަ ބުނި ނަމަވެސް ވަރިކުރީ އަޅުގަނޑުގެ ކޮން ކުށެއް އޮވެގެން ނޫނީ ކޮން ކޮންކުށެއް ކޮށްގެން ކަމަކަށް ނުބުނެއެވެ. އަޅުގަނޑަށް އެނގިގެން އެއްވެސް ކުށެއް ނުކުރަމެވެ. މަސައްކަތްކުރީ ވީހާ ރަނގަޅަކަށް އުޅެވޭތޯއެވެ. އެކަމުގެ ސަބަބުން އަޅުގަނޑަށް ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެފައެވެ. ނުވިސްނަން ހުރިނަމަވެސް ކުރެވުނު ކުށަކާއިމެދު ވިސްނެނީއެވެ. މިޙާލަތުގައި އަޅުގަނޑުގެ ސިކުނޑިއަށް ލުޔެއް ލިބޭނެ ގޮތެއް ބުނެދެއްވަފާނަންތޯ؟ ބައެއްފަހަރު ނަމާދަށް ހުއްޓައިވެސް ވިސްނޭތީ!"
ކިޔުންތެރިޔާއަށް ކުރިމަތިވި ޙާލަތާއިމެދު ހިތާމަކުރަމެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުން ކިޔާލުމުން ރަނގަޅު ޙައްލެއް ލިބޭނެ ކަމަށެވެ.
މިރޭގެ މިދަރުސްދޭން މިތަނަށް އަުމުގެ ކުޑައިރުކޮޅެއް ކުރިން ބައްދަލުވި އަނހެނަކު ކިޔައިދިން ވާހަކައެއް ހިއްޞޞާކޮށްލާނަމެވެ. އޭނާ ބުނިގޮތުގައި ހަމަ ކުއްލިއަކަށް އެއްރޭ އޭނާގެ ފިރިމީހާ ގެއަށް އައިސް ވަދެފައި އޭނާވަރިކޮށްލީއެވެ. ގެއިން ނެރެ ދަރިފުޅާއިވެސްއެކު ޢާއިލާ ގާތަށް ފޮނުވައިލީއެވެ.
ޢިއްދަ ހަމަވުމުންވެސް ޢާއިލާއިން އޭނާ އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ދަރިފުޅު ކުޑަކަމުންނެވެ. އެހެންވެ 5 އަހަރުވަންދެން ޖެހުނީ އިންތިޒާރުކުރާށެވެ! އެދުވަސްތަކުގައިވެސް އޭނާ ގެންދިއައީ އޭނާއަށް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރަމުންނެވެ. އައު، އުފާވެރި ޙަޔާތެއް ދެއްވެވުން ދެއްވެވުން އެދި ގެންދިއައީ ދުޢާކުރަމުންނެވެ.
އޭނާ ބުނީ 5 އަހަރުގެ އިންތިޒާރަކަށްފަހު އޭނާ ކެތްތެރިކަމާއިއެކު ކުރަމުން ގެންދިއަ ހުރިހާ ދުޢާތަކެއް ހަމަކުއްލިއަކަށް އެފަހަރާ ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވި ކަމަށެވެ! އޭނާއަށް ލިބުނު ފިރިމީހާއަކީ ފިރިއެއްގެ ހައިސިއްޔަތުން ދުނިޔެއިން މަދުން ނޫނީ ނުލިބޭނެ ފަދަ ފިރިއެއް ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނި ރޫޅުމަކީ ހަތަރު އުދަރެސް ފެނުޖެހި އުޑުވެއްޓި ބޮލުގައި ޖެހުން ފަދަ ކަމެއްކަމަށް ފިރިހެނުންވެސް އަދި އަންހެނުންވެސް ނުދެކޭށެވެ! އެމީހާގެ އެއްވެސް ކުށެއް ނެތި، ޙައްޤުގައި ހުއްޓައި ކައިވެނި ރޫޅިއްޖެނަމަ ޔަޤީންކުރަންވީ އެކަން ﷲ މިންވަރުކުރެއްވެވީ އެކައިވެނީގައި ލިބިދާނެ އަނިޔާތަކަކުން ތިމާ ސަލާމަތްކުރައްވަވަން ކަމެވެ. ބދަލުގައި މާއުފާވެރި ޙަޔާތެއް ދެއްވަވާނެ ކަމަށެވެ!
ކައިވެނި ރޫޅުމުން ދުނިޔޭގައި އުޅޭ ފިރިހެނުންނަކީ ނުވަތަ އަންހެނުންނަކީ ނުބައި ބައެއް ކަމަށް ނުނިންމާށެވެ! އަނބިމީހާގެ ނުވަތަ ފިރިމީހާގެ ހައިޞިއްޔަތުން އަގު ބޮޑު ޖަވާހިރެއްފަދަ އަގުހުރި އެތައް ބައިވަރު ޢަބްދުﷲ ތަކާއި މަރްޔަމްތައް އުޅޭނެކަން ޔަޤީންކުރާށެވެ! އަދި އެފަދަ ޖަވާހިރެއް ތިމާއަށް ދެއްވަވާނެކަން ޔަޤީންކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން