ތިމާއަށްވެސް ކުށް ކުރެވޭކަމަށް ޤަބޫލުނުކޮށް އެހެން މީހުންގެ ކުށް ހޯދަން އުޅުމަކީ މިއަދު އޮތް އެންމެ ބޮޑު މައްސަލަ!: މުފްތީ މެންކް

ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިމާއަށްވެސް ކުށް ކުރެވޭކަމަށް ޤަބޫލުނުކޮށް އެހެން މީހުންގެ ކުށް ހޯދަން އުޅުމަކީ މިއަދު އޮތް އެންމެ ބޮޑު މައްސަލަ!: މުފްތީ މެންކް

އާދަމގެފާނަށް އެބޮޑު ކުށް ކުށްކުރެއްވެވުމުން ސަލާމަތްވެވަޑައިގެންނެވުނީ ކުށެއް ކުރެއްވިއްޖެކަމަށް ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ޔޫނުސްގެފާނަށް އެބިޔަ މަހުގެ ބަނޑުން ސަލާމަތްކަން ލިބިވަޑައިގަތީ ކުށެއް ކުރެއްވެވުމުންނެވެ. އަދި ކީއްހެއްޔެވެ؟ އެކަން ދެބޭކަލުންވެސް ޤަބޫލުފުޅުކުރެއްވެވީތީ އެދެބޭކަލުންގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރެއްވެވީއެވެ. ނިކަމެތިކޮށްލެއްވެވީއެއް ނޫނެވެ! 

މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. 

މިއަދުގެ ޙާލަތަށް ބަލަމާ ހިނގާށށެވެ! އިންސާނުންގެ ކިބައިގައިވާ އެންމެ ބޮޑު އުނިސިފައަކީ ތިމާއަށް ކުރެވޭ ކުށް ތިމާއަށް ނުފެނިފައި އެހެން މީހަކަށް ކުރެވޭ ކިތަންމެ ކުޑަ ކުށެއް ނަމަވެސް ފާހަގަކޮށް އެމީހަކާއި ދިމާއަށް ފުންމައިގަނެވޭ ކަމެވެ. އަދި އެކަމަށް އަވަސްވެގަނެވޭ ކަމެވެ. 

ކަންކަން އިޞްލާޙްކުރަން އެދޭމީހާ ފުރަތަމަ އެމީހާގެ ނަފްސް އިޞްލާޙްކުރާށެވެ! އެއަށްފަހު އަނބިދަރިންނާއި ޢާއިލާ އިޞްލާޙްކުރުވާށެވެ! އިސްލާމްދީނުގައި އޮތީ ފުރަތަމަ އެމީހާ އިޞްލާޙްވެ އީމާންވެ ﷲ އަޅުކަންކުރުމަށެވެ! އެހެން މީހުންނަށް ދީނަށް ގޮވާލައި ހެޔޮ އަމަލުކުރުން އޮތީ އެއިގެ މާފަހަތުންނެވެ. 

މިއަދު މިފެންނަނީ އެއިގެ ދިމާ އިދިކޮޅެވެ. ތިމާގެ ކިބައިގައި ހުންނަ އުނިސިފަތައް އިޞްލާޙްކުރަން މަސައްކަތް ނުކުރެވޭއިރު އެންމެ ކުޑަމިނުން ތިމާގެ ކިބައިގައި އުނިސިފައެއް އެބަހުރިކަމަށްވެސް ޤަބޫލެއް ނުކުރެއެވެ. 

ތިމާގެ އަނބިދަރިންނަށް ނަމަވެސް އިޞްލާޙަށް ގޮވާލުމުގެ ކުރިން ފުރަތަމަ ތިމާ އިޞްލާޙްވާށެވެ! ތިމާ ތަޤްވާވެރިވާށެވެ! ތިމާ އަޅުކަންކުރާށެވެ! ތިމާއަކީ ނަމޫނާއަކަށްވެއްޖެ ނަމަ އެކަން ފާހަގަކޮށް އެހެން މީހުން ވެސް އެމީހާގެ ޢަމަލުތައް ކޮޕީކުރާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން