އެއީ ތިބާ ﷲ ގެ މަތިން ހަނދުމަނެތިކޮށްލައިފި ކަމުގެ ޢަލާމާތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެއީ ތިބާ ﷲ ގެ މަތިން ހަނދުމަނެތިކޮށްލައިފި ކަމުގެ ޢަލާމާތެކެވެ!

އެމީހަކު ބޭނުންވެގެން އުޅޭ ކަމެއް ނުފުދި ލަސްވާނަމަ، ނުވަތަ ހިތްދަތިކަމާއި ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ ތިމާގެމަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވައިފިކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. ޙަޤީޤަތަކީ އެމީހުންނަކީ ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލައިގެން ތިބި ބައަކު ކަމެވެ. 

ޙަޔާތުގެ ކޮންމެ ދުވަހަކީ އެއްގޮތަކަށް ކަންކަން މެދުވެރިވާނެ ދުވަހެއް ނޫނެވެ. ބައެއް ދުވަސްތަކަކީ އުފާވެރި ދުވަސްތަކެވެ. އަނެއްބައި ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކެވެ. މި ދެ ޙާލަތުވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ދެ ޙާލަތުވެސް މިންވަރު ކުރައްވަވަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ މީސްތަކުން އިމްތިޙާން ކުރެއްވެވުމަށެވެ. 

އެހެންކަމަށްވާއިރު އުފަލުގައި ހުރެވޭ ދުވަސް އެއީ ތިމާގެމަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާ ދުވަސްކަމަށް ޤަބޫލުކޮށްފައި ދަތިކަމެއް ކުރިމަތިވީމާ ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ނުކުރައްވަވަނީ ކަމަށް ޤަބޫލުކުރަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! އެދޭ ކަންކަން ފުއްދަވައި ދެއްވެވުން ލަސްކުރައްވަވަނީވެސް އަދި ދަތި އުނދަގޫ ކަންކަން ކުރިމަތިކުރައްވަވަނީވެސް ހަމަ އަހަރެމެންގެ ފައިދާއަށެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމުގެ ވިސްނުން އެމހަކު ލިބިގަނެތޯ ބެއްލެވުމަށެވެ. ވީމާ ދަތިޙާލުގައިވެސް އުފާވެރި ޙާލުގައިވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ހުރިހާ ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން