ދަރިންގެ ހުނަރުތައް އިޝްތިހާރުކުރުމަކީ އެކުދިންގެ ކުރިއެރުން މަރާލުން ފަދަކަމެއް! މަންމަ ޢާންމުކުރި އެންމެ ފޮޓޯއަކުން އެސްފީނާޖެހުނު ހުނަރުވެރި ކުއްޖެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ދަރިންގެ ހުނަރުތައް އިޝްތިހާރުކުރުމަކީ އެކުދިންގެ ކުރިއެރުން މަރާލުން ފަދަކަމެއް! މަންމަ ޢާންމުކުރި އެންމެ ފޮޓޯއަކުން އެސްފީނާޖެހުނު ހުނަރުވެރި ކުއްޖެއްގެ ވާހަކަ!

އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ހުނަރުވެރި، ތޫނުފިލި ކުއްޖެކެވެ. އަމިއްލަ ވިސްނުމުން ކަންކަން ހޯދައިގަނެގެން އެކަންކަން ކުރަމުން އައި ކުއްޖެކެވެ. ނަމަވެސް މިހާރު އަބަދުހެން އިންނަނީ ގަބުވެފައެވެ. އެއްވެސްކަމެއް ކުރަން ޝައުޤުވެރިކަމެއް ނުހުރެއެވެ. ކިތަންމެ ފަހަރަކު ޑޮކްޓަރަށް ދައްކައިފީމެވެ. ބުނަނީ އެއްވެސް ބައްޔެއް ނެތް ކަމަށެވެ. މިޙާލަތުން ދަރިފުޅު ސަލާމަތްކުރަން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟ 

ކިޔުންތޔެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ އިތުބާރުކުރެއްވޭ، ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯއްދެވުމަކީވެސް ކުރަން އޮތްކަމެއް ކަމަށެވެ. މިހެން ދަންނަވަންޖެހޭ ސަބަބު ތިރީގައިވާ ލިޔުމުން އެނގިވަޑައިގަންނަވާނެއެވެ.  

އޭނާގެ ދަރިފުޅަކީ ވަރަށް ހުނަރުވެރި ކުއްޖެކެވެ. ޢުމުރުން 4 އަހަރުގައިވެސް 6،8 އަހަރުގެ ކުދިން ކުރާ ކަންކަން ކުރެއެވެ. ޕަޒްލް ރޭވުން ފަދަ ކަންކަމެވެ. އެހެންކަމުން އެއް ދުވަހަކު ދަރިފުޅުގެ ހުނަރުވެރިކަން ދައްކައިލުމުގެ ގޮތުން އެފަދަ ފޮޓޯއެއް މަންމަގެ ފޭސްބުކްގައި ހާމަކުރިއެވެ. 

ކަންތައް މެދުވެރިވީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ކުއްލިއަކަށް ކުއްޖާ އެފަދަ ކަންކަން ކުރުން ހުއްޓައިލީއެވެ. ޝައުޤުވެރިކަންވެސް ނެތިގެން ދިއައީއެވެ. 

ކުއްޖާއަށް އައި ބަދަލާއި ގުޅިގެން ކަންކަން ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތް އަމިއްލައަށް ކުރިއެވެ. ކުރި އެއްވެސް މަސައްކަތަކުން އެއްވެސް ނަތީޖާއެއް ނުނުކުތުމުން ރުޤްޔާކުރާ މީހަކާއި ބައްދަލުކުރުމުން ލަފާދިނީ އެސްފީނާއިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ދަރިފުޅު އެސްފީނާއިން ސަލާމަތްކުރެވުނީ ވަރަށް ގިނަ މަސައްކަތުންނެވެ. 

ޢިބްރަތް ޙާޞިލުކުރަންޖެހޭ މިފަދަ އެތައް ކަމެއް އަބަދުހެން ހިނގަމުން އަންނައިރު ބެލެނިވެރިން މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ދަރިންގެ ހުނަރާއި ރީތިކަމާއި ލައްވާ އަގުބޮޑުހެދުމާއި ކިޔަމަންތެރިކަން ފަދަ ކަންކަން އެންމެންނަށް ޢާންމު ނުކުރާށެވެ! ރަނގަޅީ އެންމެ ގާތް މީހުންނަށްވެސް ނުއެންގުމެވެ. އެންމެ ގާތް މީހުންގެ ތެރޭގައި ވެސް ޢަދާވާތްތެރިން ތިބެދާނެއެވެ. އެމީހުންގެ އިސްފީނާގެ ސަބަބުން ވެސް ކުދިންނަށް ގެއްލުންތައް ލިބިދާނެކަމަށް ވިސްނާށެވެ! 

އެސްފީނާ ޖެހުމަކަށް ދުރެއް ކައިރިއެއް ނެތެވެ! ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހެއްގެ އެސްފީނާވެސް ޖެހިދާނެއެވެ! ވީމާ މުޅި ދުނިޔެއަށް އިޝްތިހާރުވެގެންދާނެ ގޮތަށް އެއްގޮތަކަށްވެސް ކަންކަން ހާމަނުކުރާށެވެ! 

ހަމަ އެއާއިއެކު ދަރިންލައްވައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުއްވާށެވެ! ޚާއްޞަކޮށް އާޔަތުލްކުރުސި، އިޚްލާޞް ފަލަޤް، ނާސް ފަތިހާއި މަޣްރިބް ނަމާދަށްފަހު 3 ފަހަރު ކިޔުއްވާށެވެ! އަދި މައިންބަފައިންވެސް ކިޔަމުން ގެންދާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން