އެންމެފަހުން ފައުޅުވާނެ ބޮޑު ދައްޖާލުގެ ނިތްކުރީގަ ކާފިރު ލިޔެވިފަވަނީ އަދި ހަމައެކަނި މުސްލިމުންނަށް ފެންނާނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެންމެފަހުން ފައުޅުވާނެ ބޮޑު ދައްޖާލުގެ ނިތްކުރީގަ ކާފިރު ލިޔެވިފަވަނީ އަދި ހަމައެކަނި މުސްލިމުންނަށް ފެންނާނީ ކީއްވެ؟

އެކި ސައިޒުގެ ދައްޖާލުތައް ފަޅުވަމުން ގޮސް އެންމެ ފަހުން ފައުޅުވާނެ ބޮޑު ދައްޖާލުގެ ސިފަތައް ހަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. އަދި ފެންނާނެ އެއްކަންތަކުގެ ތެރޭގައި އެއެތީގެ ނިތްކުރީގަ "ކާފިރު" ލިޔެވިފައިވުން ހިމެނެއެވެ. އަދި އެގޮތަށް ލިޔެވިފައިވަނިކޮށް ފެންނާނީވެސް މުސްލިމުންނަށެވެ. ކާފިރުންނަކަށް ނުފެންނާނެއެވެ.  

މިއީ ވަރަށް ފުންކޮށް ވިސްނައިލުން މުހިންމު ކަމެކެވެ. އަހުރެން ވިސްނި ވިސްނުމުން ޤަބޫލުކުރެވުނީ އެގޮތަށް އެކަން މެދުވެރިކުރައްވަވަނީ މުސްލިމުންނަށް އެއީ ބޮޑު ދައްޖާލުކަން އަންގަވައިދެއްވެވުމަށެވެ. އެއެތީގެ ފިތުނައިން މުސްލިމުން ސަލާމަތްކުރެއްވެވުމަށެވެ. އެއެތި ދައްކާ ވާހަކަ ޤަބޫލުނުކުރުމަށް އެންގެވުމަށެވެ.  

އަދި އެގޮތަށް މިންވަރުކުރައްވަވަނީ އެއެތީގެ ފިތުނައިން މުސްލިމުން ސަލާމަތްކުރެއްވެވުމަށެވެ. އެކަމުން އެނގިގެންދަނީ މުސްލިމުން ޙައްޤު ގޮތުގައި ތިބިނަމަ ފިތުނަތަކުން ސަލާމަތްކުރައްވަވާނެ ކަމެވެ. އިބިލީހުގެ ވަސްވާސްތަކުންވެސް ސަލާމަތްވެ ތިބެވޭނެ މަގު ދައްކަވާނެ ކަމެވެ.  

ވީމާ އަހުރެން ތިއަ އެންމެ ބޭކަލުންނާއި ކަނބަލުންގެ އަރިހުން މިއެދެނީ ވަށައިގެން ފެންނަމުން މިދާ ކަންކަމަށް ނުހެއްލި ޙައްޤު މަގުގައި ޘާބިތުވެ ތިބުމަށެވެ. މިހާރުވެސް މިވަނީ އެކި ސައިޒުގެ ދައްޖާލުތައް ފައުޅުވެފައެވެ. އެދައްޖާލުތަކުގެ ފިތުނަތައް މިވަނީ ޢާންމުވެފައެވެ. އަހަރެމެންނަސް އޮތީ ސަލާމަތްވެތިބެން މަސައްކަތްކުރުމެވެ. މަސައްކަތްކުރާމީހުންނަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން