އަޅުގަނޑުމެން ދެމަފިރިން ދުރުކުރުވަން ޢާއިލާއިން ސިޙުރުހެދި- ލޮލަށްވެސް ފެނުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަޅުގަނޑުމެން ދެމަފިރިން ދުރުކުރުވަން ޢާއިލާއިން ސިޙުރުހެދި- ލޮލަށްވެސް ފެނުނު!

އަޅުގަނޑުމެން ދެމަފަރިން ދުރުކުރުވަން އެކެއްގެ ޢާއިލާގެ މީހުން ސިޙުރުހެދިކަންވަނީ އެނގިފައެވެ. އެފަދަ ކަމެއް ލޮލަށްވެސް ވަނީފައެވެ. އުނދަގޫތަކެއްވެސް ވިއެވެ. އެކަމަކުވެސް އެމީހުންގެ މަޤްޞަދު ޙާޞިލެއް ނުވިއެވެ. އަޅުގަނޑުގެ ސުވާލަކީ މުސްލިމެއްގެ ގޮތުގައި ހުރެގެން ސިޙުރު ހެއްދުވިދާނެތޯއެވެ؟ ނުވަތަ ސިޙުރު ހެދިދާނެތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ދެމަފިރިއަކު ދުރުކުރަން ހަދާ "އިސްތިރިވަރިތޮޅި" އަކީވެސް ހަމަ ޝިރުކެވެ. އެހެނީ އެއީވެސް ސިހުރެވެ. ސިހުރު ހަދަނީ ޝިރުކު ކުރުމުގެ އެތައް އަމަލެއް ކޮށްގެންނެވެ. ސިހުރު ހަދަން ކުރަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ. ކުރާ ކަމަކީ އިސްލާމް ދީނަށާއި ކީރިތި ޤުރްއާނަށް އިހާނެތިކަންކަން ކުރުމެވެ. ސިހުރުހަދާ މިހާ އެދަނީ ކުށުގެ ދަރަޖައަށެވެ. ޖުމްހޫރު ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ސިހުރުހަދާމީހުންނަކީ ސީދާ ކާފިރުންނެވެ. 

ސިހުރު ހަދަނީ ޙާޞިލުކުރަން ބޭނުންކަންކަން ޙާޞިލުނުކުރެވުމުން އެކަންކަން ޙާޞިލުކުރެވޭނެ ކަމުގެ އުންމީދުގައެވެ. ސިހުރު ނެތް ޒަމާނެއް އޮތްކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ "ކޮންމެ ނަބީބޭކަލެއްވެސް އަދި ރަސޫލް ބޭކަލެއް ފޮނުއްވެވުމުން ވެސް އެއީ ސިޙުރުވެރިއެއްކަމަށް މީސްތަކުން ބުނާކަމަށް" ކީރިތި ޤުރްއާނުގައި އެބައޮތެވެ.  

ރަސްރަސްކަލުންގެ ޒަމާނުގައި ރަސްކަން ދަމަހައްޓަންވެސް ސިހުރު ހަދައެވެ. މަޤާމުތައް ހޯދުމަށާއި މަޤާމުތަކުގައި ދެމިތިބެންވެސް ސިހުރުހަދައެވެ. ޢާންމުގޮތެއްގައި ސިހުރު ހަދަނީ އެކަމެއް ކާމިޔާބުކުރެވޭނެ ދެވަނަގޮތެއް ނެތުމުންނެވެ. މިސާލަކަށް ކަނޑިހިފައިގެން ގޮސް މީހަކު މަރައިފިނަމަ އެނގޭނެތީއެވެ. ފިތުނަ އުފައްދައިގެން ދެމަފިރިން ވަރިކުރުވަން އުނދަގޫވާތީއެވެ. 

ސިހުރާއިބެހޭ ގޮތުން ޝައިޚް ޢަބްދުލްޢަޒީޒް ޢާއި ޝައިޚް ޢިއްޒުއްދީން ޢަދްނާން ދެއްވާފައިވާ މައުލޫމާތު އަޑުއައްސަވައިލައްވާށެވެ!    

https://www.facebook.com/minislamicaff/videos/2947549075529347

މިއަދު އޮންލައިން