ނަމާދުގެ ސަފުތައް ފުރިހަމަކުރުން- ނަމާދުން ފުރިހަމަ ޘަވާބު ލިބުމަށް ކުރަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ނަމާދުގެ ސަފުތައް ފުރިހަމަކުރުން- ނަމާދުން ފުރިހަމަ ޘަވާބު ލިބުމަށް ކުރަން ޖެހޭ ކަމެއް!

މިސްކިތުގެ ފެންޑާ މިސްކިތާއި ގުޅި މެދުކެނޑުމެއް ނެތި ސަފު ހެދޭނަމަ ސަފު ފުރިހަމަވާނީ މިސިތާއި ފެންޑާގެސަފާއި ގުޅި ސަފުފުރިހަމަވެގެންނެވެ. މިފަދަ ގޮތަކަށް މާލޭގައި ސަފު ގުޅިގެންދާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި މާފަންނު ބޮޑުގޭގައި ހުންނަ ވަގުތީ މިސްކިތުގެ ކުރީ ސަފުތަކާއި އެހެންވެސް ބައެއް ސަފުތައް ހިމެނެއެވެ.

ބައެއް މިސްކިތްތަކަށް އަރާމީހުންގެ އަދަދު މަދުވުމުން ސަފުތައް ފުރުމުގައި ދޭންޖެހޭ ސަމާލުކަން ނުދެވޭތަން އެބަ އާދެއެވެ. މިއީ ގިނަމީހުން ނަމާދުކުރާއިރު ކުރިމަތިވާ މައްސަލައެއް ނޫނެވެ. މީހުން އަރާލެއް ގިނަކަމުން އެ މައްސލަ ކުރިމަތިނުވަނީއެވެ. ނަމަވެސް ބައެއް ނަމާދުތަކުގައި މީހުން ޖަމާއަތަށް އަރާ މިންވަރު މަދުވުމުން މި މައްސލަ ފާހަގަކުރެވެނީއެވެ. 

ނަމާދަށް ފެށުމުގެ ކުރިން ގުޅިފައިވާ ސަފުތައް ފުރަން އިމާމުން އެދިވަޑައިގަންނަވައެވެ. ނަމަވެސް ބައެއް މީހުންނަށް އެކަމުގެ ޙުކުމް އޮޅުން ނުފިލާތީ ފަސްޖެހެވެނީއެވެ. ނަމާދުގައި ސަފުތައް ފުރިހަމަކުރުމަކީ ނަމާދު ފުރިހަމަވުމުގެ ޝަރުޠުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މިކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

ނަމާދުކުރަނީ އެނަމާދަކުން ވީހައި ގިނަ ސަވާބު ލިބިގަތުމުގެ ބޭނުމުގައެވެ. ވީމާ ވީހައި ފުރިހަމަ ގޮތުގައި ނަމާދުކުރަން ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ!

 

 -މަޢުލޫމާތު: ޝައިޚް މުޙައްމަދު ލަޠީފް

މިއަދު އޮންލައިން