"ކައްވަޅުގެ ޢަޛާބާއިމެދު މިއަދު ވިސްނަނީ މަދު މީހެކެވެ. ބައެއް އެކުވެރިންނަށް ކިޔައިދިނަސް ޤަބޫލެއް ނުކުރެއެވެ. އެފަދަ އެކުވެރިއަކަށް ވިސްބައިދާން ކިޔައިދެވިދާނެ ޙާދިސާއެއް ވިދާޅުވެދެއްވާނަންތޯ؟"
ޖަވާބުގައި ދަންނަވަން އޮތީ ދީނުގައިވާ ަންކަމަށް ހޭލުންތެރި ނުވެވޭ މާޙައުލެއްގައި ކުދިން ބޮޑެތިވާނަމަ ތިއަ ފާހަގަކުރެއްވެވި ކަންކަން ފަދަ މައްސަލަތައް ދާނީ ގިނަވަމުންނެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމާއި ލިޔުމުގައިވާ ވީޑިއޯއިން ފައިދާކުރާނެ ކަމަށެވެ!
ލިޔުމުގައިވާ ވީޑިއޯގައި ދިވެހިބަހުން އެވަނީ ނަމާދަށް ޣާފިލުވި އަންހެނެއްގެ ވާހަކައެވެ. މަރުވެ ވަޅުލުމުން އޭނާގެ ޤަބުރުން އަލިފާނުގެ އަސަރު އޭނާގެ ބޭބެއަށް ފެނުނުކަމުގެ ވާހަކައެވެ.
"ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލް ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު (ހަލާކާއި ޢަޛާބު) ހުށްޓެވެ." (އަލްމާޢޫން: 4،5)
ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ނަމާދު ވަގު ޖެހުމުން ނަމާދު ނުކޮށް ލަސްކުރުމަކީ ނަމާދަށް ޣާފިލުވުމެވެ. އެއް ނަމާދުކޮށްފައި އަނެއް ނަމާދު ނުކޮށް ދޫކޮށްލުމަކީ (5 ނަމާދު ހަމައަށް ނުކުރުމަކީ) ނަމާދަށް ޣާފިލުވުމެވެ. ނަމާދުގައި ފަރުވާކުޑަކުރުމަކީ ނަމާދަށް ޣާފިލުވުމެވެ. އެހެން ޚިޔާލުތަކުގައި ހުރެގެން ނަމާދުކުރުމަކީވެސް ހަމަ ނަމާދަށް ޣާފިލްވުމެވެ.
މިކަންކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ނަމާދަށް ޣާފިލުވެ ތިބި މީހުންކަމެވެ. ޣާފިލުކަމާއިއެކު ނަމާދުކުރާ މީޙުންނެވެ! ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! މިފަދަ ކޮންމެ ހާދިސާއަކީވެސް ހޭލުންތެރިވުމަށް ދެއްވަވާ ވަރުގަދަ އިންޒާރެކެވެ.
ވީޑިއޯ އަޑުއައްސަވައިލައްވާށެވެ!
ގުޅުންހުރި ވީޑިއޯ: