ޢިލްމްވެރިން ގޮވާލައްވާފައިވާ ފަދައިން ދީނީ ޢަޤީދާ ވަރުގަދަކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ގިނަބައަކު ފާހަގަކުރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިލްމްވެރިން ގޮވާލައްވާފައިވާ ފަދައިން ދީނީ ޢަޤީދާ ވަރުގަދަކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ގިނަބައަކު ފާހަގަކުރޭ!

ދިވެހިންގެ ދީނީ އެއްބައިވަންތަކަން ވަރުގަދަކުރުމާއި ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަކުރުމާއި އިސްލާމީ ރިވެތި އަޚްލާޤްގެ ވާހަކަތައް މިހާރަކަށް އައިސް އަޑުއިވެނީ ވެރިންގެ ތަޤްރީރުތަކުންނާއި ހުކުރު ޚުޠުބާތަކުންނެވެ. އެއިން ކަމެއް ކުރިއަރުވަން ކުރެވޭ މަސައްކަތެއް ނުފެނެއެވެ. 

2020 ވަނަ އަހަރުގެ ޖުލައިމަހު ޢިލްމުވެރިން ވަނީ "ފެއިތް ރިކަވަރީ" ކޮމިޝަނެއް އުފައްދަން ގޮވާލައްވައިފައެވެ. އަދި ހަމަ އެބަޔާނުގައިވަނީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން ކުރިއަރުވަން އެކިފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކުރައްވައިފައެވެ. 

އެއިން އެއްވެސް ކަމަކަށް ސަރުކާރުން ސަމާލުކަންނުދީ އޮއްވައި ފެންނަމުން މިދަނީ މުޖުތަމަޢުގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނަތަނެވެ. ފެންމަތިވަމުން އަންނަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ރެކޯޑްތަކެވެ. 

އެހެންކަމުން ސަރުކާރަށް ހަނދުމަކޮށްލައިދިނުމުގެ ގޮތުން މިގެނެސްދެނީ ޢިލްމުވެރިންގެ ބަޔާނެވެ.  

ފެއިތް ރިކަވަރީ ކޮމިޝަނެއް އުފައްދަން ގިނަ ޢަދަދެއްގެ ޢިލްމްވެރިން ގޮވާލައްވައިފި 

ސަރުކާރުން ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދަމުން ގެންދާއިރު ފެއިތް ރިކަވަރީ ކޮމިޝަނެއްވެސް  އުފައްދަން ގިނަ ޢަދަދެއްގެ ޢިލްމްވެރިން ގޮވާލައްވައިފިއެވެ.   

ޢިލްމުވެރިން އެކަމަށް ގޮވާލައްވާފައިވަނީ އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ މައްސަލައިގައި މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އެކުލެވޭ “ރައްޔިތުންގެ އިއްތިހާދުން” މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޢިލްމުވެރިންވަނީ އުތެމައާއި އެމްޑީއެންގެ ފައުންޑަރުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައެވެ. 

ޢިލްމުވެރިން ސަރުކާރަށް ކުރިމަތިކުރުވާ ސުވާލުތައް: 

1.     އޮކްޓޯބަރ 2019 ގައި ރައީސުލްޖުމްހޫރިއްޔާ ލާދީނީ ކަންކަމާ ދެކޮޅަށް ހެއްދެވި ކޮމިޓީ، ކޮބައިތޯ، ކީއްތޯ ކުރައްވަނީ، ކުރި މަސައްކަތަކީ ކޮބައިތޯ،ކިހިނެތްތޯ ބައްދަލު ކުރެވޭނީ،ގުޅޭނީ ކިހިނެތްތޯ؟ 

ކޮމިޓީގެ ބޭފުޅުން :-

●     ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

●     މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ

●     މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދު

●     މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން

●     މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު

●     މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް

●     ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު 

2.    އެމްޑީއެންގެ މައްސަލައިގައި ފުލުހުންގެ ރިޕޯރޓް ޢާއްމު ނުކުރައްވަނިސް އުތެމަގެ ރިޕޯޓް ނިކުތްއިރުވެސް އެއްވެސް ތަފްޞީލެއް ތަޙްޤީޤެއް ހާމަ ނުކުރަނީ ކީއްވެތޯ ކޮން ނުފޫޒަކުންތޯ؟ 

3.    19 އޮކްޓޯބަރ 2019 ގައި މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ހާމަކުރެއްވިގޮތުގައި ސީޕީ އަށް އެމްޑީއެންގެ ތުހުމަތު އޮތުމާއެކީ ބައިވެރި ނުވެ ތަޙްޤީޤް ކުރިއަށްދާނެ، ހަމަ އެފަދައިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ބޭފުޅުން ވަޒީފާއިން އެކަހެރި ނުކުރައްވަނީ ކީއްވެތޯ؟ މިކަމުގައި އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ލަފާފުޅަކީ ކޮބައިތޯ؟  

4.    ވައްކަން ކޮށްގެން ނިކުންނަ މީހާގެ ދަބަސް އަތުލާފަ އެމީހާ ދޫކޮށްލާފައި ބެހެއްޓުމުން ހަމަނުޖެހޭ އުސޫލުން އެމްޑީއެން އުވާލިކަމަށް އިއުލާންކޮށްފައި އެމީހުންނަށް ޣައިރު ޙާޞިރުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުއެޅި އިޖުރާއަތްތައް ފުރިހަމަ ނުވަނީ ކީއްވެތޯ؟ 

5.    ފެއިތް ރިކަވަރީ ކޮމިޝަނެއް އުފައްދަން ގޮވާލަން 

6.    އެއްޖިންސުން ގުޅުން ހިންގުން އޯކޭ ކަމަށް ފާޅުގައި ގޮވާއިރު އެކަންކަމަށް ފިޔަވަޅު ނާޅަކީ ކީއްވެތޯ މިހާރު އާ ޤަވާޢިދަކުން ހުއްދަވީތޯ؟

7.    އުތެމަގެ މީހުން ފާޅުވާން ފުރުޞަތު ލިބިގެން މިދިޔައީ އެންޑީއެން އަށް ފިޔަވަޅު އެޅުމުގައި މިހާ ލަސްވެގެން ދިޔައީމަ. 

8.    އިސްލާމް ދީނުގެ ދިފާޢުގައި ޒިންމާދާރު ކަމާއެކީ މަސައްކަތް ނުކުރާހާ ހިނދަކު ދެން ކުރިމަތިވެގެން ދާނެހާ ކަންކަން މިދަނީ އިންތިހާއަށް. ރާއްޖޭގައި ފެތުރި ފާޅުވަމުން. މިކަންކަމަށް ޙައްލެއް ލިބޭނީ އިސްލާމް ދީން ނަޖަހައްޓައިގެން ކަން ސަރުކާރުން ޤަބޫލުފުޅު ނުކުރައްވަނީތޯ؟ 

9.    ( ޑިސެމްބަރު 20, 2019 )  ދިވެހިރާއްޖޭގެ ޤާނޫނަށް ބެލުމެއްނެތި މަސައްކަތް ކުރިއަށް ގެންދާނެކަމަށް ސަރުކާރަށް އިންޒާރު ދިނުމުން އެފަދަ މީހަކަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލަނީ ކީއްވެތޯ؟

 

ބައްދަލުވުމުގެ ވީޑިއޯ:

 

https://www.facebook.com/watch/live/?extid=jzIZT2byXzTH33GV&v=578095036213544&ref=watch_permalink

މިއަދު އޮންލައިން