މިކަންކަމަށް ވިސްނައިފިނަމަ މައިންބަފައިން މުސްކުޅިވާދުވަހު އެއީ ބުރައެއްކަމަށް ނުދެކެ ލޯބިން ގެންގުޅެން ހިތްވަރުލިބިގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މިކަންކަމަށް ވިސްނައިފިނަމަ މައިންބަފައިން މުސްކުޅިވާދުވަހު އެއީ ބުރައެއްކަމަށް ނުދެކެ ލޯބިން ގެންގުޅެން ހިތްވަރުލިބިގެންދާނެ! އިން ޝާ ﷲ

މައިނަބަފައިން ދުނިޔޭގައި ތިބެ ޢުމުރުން ދުވަސްވުމުން އެމީހުންނަށް ޚިދުމަތްކޮށްގެން ސުވަރުދާން  އެއްބައަކު މަސައްކަތްކުރަމުން ގެންދާއިރު އަނެއބައަކު ދެކެނީ މުސްކުޅި ޢުމުރުގައި މައިންބަފައިން ބަލަންޖެހުމަކީ ކުރިމަތިވި ބޮޑު ތަކްލީފެއް ކަމަށެވެ. އެކަމުގެ ސަބަބުން އެމީހުންގެ އުފާވެރި ދިރިއުޅުމަށް ހުރަސްއެލޭކަމަށެވެ. އެހެންވެ އެވިސްނުމުގެ މީހުން މައިންބަފައިންނާއިމެދު ކަންތައްކުރަނީ ހިތަށްއެރި ގޮތަކަށެވެ.  

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ރަސޫލް މިންބަރުކޮށް އަރައިވަޑައިގަންނަވަމުން 3 ފަހަރު އާމީން ވިދާޅުވި ޙަދީޘްފުޅަކީ އަހަރެމެން އެންމެން ވަރަށް ރަނގަޅަށް ދަންނަ ޙަދީޘްފުޅެކެވެ. އެތަނުން އެއްފަހަރު އާމީން ވިދާޅުވީ މުސްކުޅި ޢުމުރުގައި މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހުންނަށް ލަޢްނަތް ލެއްވެވުން އެދި ދުޢާކުރެއްވެވުމުންނެވެ. 

މަލާއިކަތް ބޭކަލުންގެ ތެރެއިން އެންމެ މާތް ކުރެއްވެވި ޖިބްރީލްގެފާނު ދުޢާއެއް ކުރެއްވެވުމުން އެދުޢާއަށް އެންމެހައި މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އެންމެ އެންމެ މާތް ކުރެއްވެވި ޞާޙިބާ މުޙައްމަދު އާމީން ވިދާޅުވުމުން ދެން ކަންކަންވާނެ ގޮތާއިމެދު ވިސްނައިލާށެވެ. 

މީސްތަކުންނޭވެ! މުސްކުޅި ޢުމުރުގައި މައިންބަފައިން ބަލަން ޖެހުމުން ކުރިމަތިވާނެ އުނދަގޫތަކެއްވެސް ހުންނާނެއެވެ. ނަމަވެސް އެއީ ކިހައި މަތިވެރި އަދި ކިހައި ގިނަ ޘަވާބެއް ތިމާއަށް ދެއްވަވާނެ ކަމެއްކަމާއިމެދު ވިސްނައިލުމުން އެއީ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. 

ބައެއް މީހުން ބުނަނީ އެމީހުން ދެކޮޅު ނުޖެހޭ ވާހަކަ ދައްކާކަމަށެވެ. ބެހެން ނުޖެހޭ ކަންކަމާއި ބެހޭ ކަމަށެވެ. އެގޮތަށް ވިސްނޭނަމަ ތިމާ ކުޑައިރު އުޅެވުނު ގޮތާއިމެދު ވިސްނައިލާށެވެ. ބެހިއުޅުނީ ބެހެންޖެހޭނެ ކަންކަމާއި ހެއްޔެވެ؟ ނުބެހޭ ކަމެއް އޮތް ހެއްޔެވެ؟ މައިންބަފައިންގެ ގާތުގައި ދެއްކުނީ ދެކޮޅުޖެހޭ ވާހަކަތައް ހެއްޔެވެ؟ 

ވިސްނައިލާށެވެ. ޢުމުރުން އެހައި ދުވަސްވަންދެން ތިބާ ދުނިޔޭގައި ހުރިނަމަވެސް އެކަންކަން ހަމަ ތިބާއަށްވެސް ކުރެވޭނެއެވެ. މުސްކުޅި ޢުމުރުގައި އެފަދަ ޙާލަތު މެދުވެރިނުވާ މީހަކު ވަރަށް މަދުވާނެއެވެ. އެއީ ޢުމުރުގެ ވަކިހިސާބަކުން ކުޑަކުދިންގެ ވިސްނުން ލިބޭތީއެވެ. އެއީ އެމީހާގެ ކިބައިގައި އެއްވެސް ކުށެއް އޮވެގެން މެދުވެރިވާކަމެއް ނޫނެވެ. މިޒަމާނުގައި މިކިޔާ ލައިފް ސައިކަލް ދައުރުވަމުން އަންނަ ގޮތެވެ. 

ވީމާ މިއީ އަހަރެމެން އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. ކޮންމެހެންވެސް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ދުޢާއަކީ މިބަޔާންކުރި ކަންކަމުގެ މައްޗަށް ވިސްނައި ހެޔޮ މަގުގައި ޢަމަލުތައް ކުރުމުގެ ވިސްނުން މިންވަރުކުރެއްވެވުމެވެ. އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން