ކޮންމެ ރެއަކުވެސް ފުދިގެން ނިދާ މީހަކަށްވުމަށް އެއްވެސް ފައިސާއެއް ބޭނުމެއް ނުވޭ! އޮތީ ޙަދީޘްފުޅަށް ޢަމަލުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކޮންމެ ރެއަކުވެސް ފުދިގެން ނިދާ މީހަކަށްވުމަށް އެއްވެސް ފައިސާއެއް ބޭނުމެއް ނުވޭ! އޮތީ ޙަދީޘްފުޅަށް ޢަމަލުކުރުން!

ކިތަންމެ ބުރަކޮށް އުޅުނަސް ނުފުދި ނުނިދައި ފުދިގެން ނިދަމާ ހެއްޔެވެ؟ އެއީ ހާދަހާވާ ފައިދާ ބޮޑުކަމެކެވެ. ވިސްނާށެވެ! ފުދިގެން ހުރި މީހަކަށް މަދުވާނީ ކޮންކެމެއް ހެއްޔެވެ؟

ފުދިގެން ނިދުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު ކަންނެތްވެ އިހްމާލްވަމުންދާ ކަމެކެވެ. ވީމާ ފުދިގެން ނިދާ މީހަކަށްވުން ކީއްތޯއެވެ؟

Abu Mas’ud reported:

The Prophet, peace and blessings be upon him, said, “Whoever recites the last two verses of Surat al-Baqarah in the night, it is enough for him.”

Source: Ṣaḥīḥ al-Bukhārī 4723, Ṣaḥīḥ Muslim 807

މި ޙަދީޘްފުޅުން އެނގިގެން މިދަނީ ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަމެވެ. އެކަމުން ލިބިގެންދާ މުއްސަނދިކަމެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް އެރެއަށް ފުދިއްޖެ ކަމެވެ.

މި ދެ އާޔަތް ކިތަންމެ ލަސްލަހުން ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ފުދިފައިވާ އެހައި ފަސޭހައިން ފުދި، ތަނަވަސްކަންމަތީގައި ނިދެން އޮއްވައި ނުފުދި ނިކަމެއްޗެއްގެ ގޮތުގައި ނިދަންވީ ކީއްކުރަންހެއްޔެވެ؟

ގިނަބައަކު އަޅާނުލާ ދޫކޮށްލަމުން ގެންދާ އަގުބޮޑު މިދެ ޖަވާހިރުގެ އިތުރު ބައެއް ވާހަކަ--

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނެގެން އެބައޮތެވެ. މިސާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު)އެވެ. އާޔަތަކަށް ބަަލއިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ.

ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީވެސް އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ. އެހެނީ ކީރިތި ޤްރްއާނުގެ އާޔަތްތައް މާތްﷲ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް މި ދެ އާޔަތަކީ މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާ ދެއްވަވާފައިވާ 2 އާޔަތްކަމަށްވުމުން އެ ދެ އާޔަތުގެ މަތިވެރިކަން އެނގިގެންދެއެވެ. އެ ދެ އާޔަތުގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެ 2 އާޔަތީ ސީދާ އަރުޝީގެދަށުން ﷲ ތަޢާލާ ދެއްވެވި 2 އާޔަތް ކަމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން