އަނބި ދަރިންނާ މައިންބަފައިން ބަލަހައްޓަން ޙަވާލުކުރެއްވެވީ އެމީހުންނަށް ކޮށްދޭ ކަންކަމަށް ކަލަގޮވޭ ގޮތަކަށް ނޫން! އެންމެ ބޮޑު އުޖޫރަ ދެއްވަވާ ގޮތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
އަނބި ދަރިންނާ މައިންބަފައިން ބަލަހައްޓަން ޙަވާލުކުރެއްވެވީ އެމީހުންނަށް ކޮށްދޭ ކަންކަމަށް ކަލަގޮވޭ ގޮތަކަށް ނޫން! އެންމެ ބޮޑު އުޖޫރަ ދެއްވަވާ ގޮތަށް!: މުފްތީ މެންކް

ރަނގަޅަށް ވިސްނައިލާށެވެ! ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ކުރާ މަސައްކަތަކީ އުފުލަން ޖެހިފައިވާ ބުރައެއް ކަމަށެވެ. މައިން ބަފައިންނަށާއި އަނބިދަރިންނަށް ކުރާ ޚަރަދަކީ އަތުން ގެއްލިގެންދާ ފައިސާތަކެއް ކަމަށެވެ. އެއީ ހަމަ ވަރަށް ގޯސް ވިސްނުމެކެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް ކުރާ ހޭދައަކީ ޢާޚިރަތަށްޓަކައި ޖަމާކުރެވޭ އެއްޗެކެވެ. ވީމާ އެއީ އެންމެ އަގު ބޮޑު އިންވެސްޓްމަންޓެވެ. އެންމެ ފައިދާކުރާނެ އިންވެސްޓްމަންޓެވެ.

ވީމާ އަނބިދަރިންނާއި މައިން ބަފައިންނަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ޖެހިފައިވާ ތަކުލީފެއް ކަމުގައި ނުދެކޭށެވެ! އެކަން ކުރުމަކީ އުފަލެއް ކަމުގައި ދެކޭށެވެ! ﷲ ތަޢާލާ ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެއް ކަމުގައި މެނުވީ ނުދެކޭށެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ ފުރިހަމަ ގޮތުގައި އެ ވާޖިބު އަދާކޮށްފި މީހަކަށް ﷲ ތަޢާލާ ސުވަރުގެ އެބަ ދެއްވަވަތެވެ!

ބައެއް މީހުން ހީކުރަނީ އަނބިދަރިންނަކީ ތިމާގެ އަމިއްލަ މިލްކެއް ކަމަށެވެ. އެއްގޮތަކަށްވެސް އެކަން އޮތީ އެހެނެއް ނޫނެވެ. އަނބިދަރިންނާއި މައިންބަފައިންނަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ތިމާ އާއި ހަވާލުކުރެވެނީ ހަމައެކަނި ބެލެހެއްޓުމަށެވެ. ބަލަހައްޓަން ޙަވާލުކުރައްވަވަނީ އުޖޫރައެއްގެ ގޮތުން އެންމެ ބޮޑު އަގު ދެއްވަވާ ގޮތަށެވެ. ނުވަތަ އެކަމަށް ފުރުޞަތު ދެއްވެވުމާއިއެކުގައެވެ. ލިބިގަތުމަކީ ތިބާގެ އަމިއްލަ ކަމެކެވެ.

އެހެނީ އަނބިދަރިންނާއި މައިންބަފައިންނަކީ ތިބާއާއި ﷲ ތަޢާލާ ޙަވާލު ކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ! އެހެންކަމުން އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އެކަން ކޮށްފިނަމަ ބަދަލެއްގެ ގޮތުން މުސްލިމުންނަށް ސުވަރުގެ އެބަ ދެއްވަވައެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކާއި ނިޢްމަތް އެބަ ދެއްވަވައެވެ.

ބައެއް މީހުން ހީކުރަނީ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށެވެ. ބޮޑު މަޖާ ގަނޑެއް ކަމަށެވެ! ﷲ ގަންދީ ބުނަމެވެ. ކައިވެންޏަކީ ވާންޖެހޭ ޤްރްބާނީއެކެވެ. އެ ޤްރްބާނީ ވެއްޖެ ނަމަ އެކަމަށްޓަކައި ﷲ ތަޢާލާ ގިނަގުނަ ސަވާބު ދެއްވަވާނެތެވެ! ޤްރްބާނީ އަކާއި ނުލައި އެހައި މަތިވެރި އެއްވެސް ނިޢްމަތެއް ލިބުމެއް ނެތެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން