ކުރުކުރު 2 އާޔަތް ކިޔެވުމުން ސުވަރުގެ ވާޖިބުވާ 2 އާޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކުރުކުރު 2 އާޔަތް ކިޔެވުމުން ސުވަރުގެ ވާޖިބުވާ 2 އާޔަތް-

އިސްލާމް ދީނަށް ބަލައިފިނަމަ ކުދިކުދި، ލުއިފަސޭހަ ޢަމަލުތަކުން ގިނަގުނަ ޘަވާބު ލިބިގަނެވެންހުރި ކަންކަން ވަރަށް ގިނައެވެ. މިބަޔާންކޮށްލަނީ އެއިގެ ތެރެއިން 2 ކަމެކެވެ. ކުރަންޖެހޭ ޢަމަލަށް ބަލައިފިނަމަ ކިތަންމެހައިވެސް ލުއިފަސޭހައެވެ. ލިބެން އޮތް ފައިދާއަށް ބަލައިފިނަމަ ކިތަންމެހައިވެސް ބޮޑެވެ. 

ކީރިތި ޤުރްއާނުގައި ވަރަށް ކުރު ދެ އާޔަތެއްވެއެވެ. 2 އާޔަތް ކިތަންމެ ކުރު ނަމަވެސް ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެ ދެ އާޔަތް ކިޔަވައިފިނަމަ އެމީހަކަށް ސުވަރުގެ ވާޖިބުވެއްޖެ ކަމަށެވެ! 

މި ދެ އާޔަތަކީ އަހަރެމެން އެންމެ ގިނައިން ކިޔަވާ 2 އާޔަތްވެސް މެއެވެ. ނަމާދުކގައިވެސްމެއެވެ. ނަމަވެސް ހިތާމައަކީ މި 2 އާޔަތުގެ މަތިވެރިކަމާއިމެދު ވިސްނަންޖެހޭ ވަރަށް ނުވިސްނޭކަމެވެ. ހަމައެކަނި ދުލުން ކިޔައިލެވޭ ކަމެވެ. 

"އަބޫ ހުރައިރާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ކީރިތި ރަސޫލާ އާއި ބައްދަލުވެ ވަޑައިގަތެވެ. އެކަލޭގަފާނަށް މީހަކު  قل هو الله احد الله الصمد  މިފަދައިން ކިޔާ އަޑުއިވިވަޑައިގަތެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވެވިއެވެ. "ވާޖިބުވެއްޖެއެވެ." ތިމަން ދެންނެވީމެވެ. ވާޖިބުވީ ކޮންކަމެއްތޯއެވެ؟ ހަދީޘް ކުރެއްވެވިއެވެ. "ސުވަރުގެއެވެ." 

މިދެ އާޔަތަށް މިހައި ތަވެރިކަމެއް ލިބިގެން މިދާއިރު މާނައަށް ވިސްނައިލާށެވެ! 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ. (.) އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (،)" (އިޚްލާޞް: 1، 2) 

މިއީ އިސްލާމް ދީނުގެ އެންމެ މުހިނަމު އަސާސްއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާކަމާއި އަދި އެކަލާނގެއީ އެއްވެސް އެއްޗަކަށް، ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެކަމުގައި ޤަބޫލުކުރުމަކީ އިސްލާމް ދީނުގެ އެްމެ މުހިންމު އަސާސްއެވެ. 

އިތުރު ޙަދީޘްފުޅެއްގައިވެއެވެ. 

އަބްދުﷲ ބުނު ހަބީބު ވިދާޅުވި އެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ހަދީޘް ކުރެއްވެވިއެވެ. "ވިދާޅުވާށެވެ." ތިމަން ދެންނެވީމެވެ. ތިމަން ކިޔަންވީ ކީކޭތޯއެވެ؟. ހަދީޘް ކުރެއްވެވިއެވެ. ހެނދުނާއި ހަވީރު ތިންފަހަރު قل هو الله احد އަދި المعوذتين  ކިޔާށެވެ."

(މާނައީ ހެނދުނާއި ހަވީރު އަލް އިޚްލާޞް، އަލް ފަލަޤް އަދި އައްނާސް 3 ސީރަތް ކޮންމެ ސޫރަތެއް 3 ފަހަރު ކޔަވާށެވެ!) 

އާޔަތުލްކުރުސި ޢާއި މި 3 ސޫރަތް ހެނދުނާއި ހަވީރު 3 ފަހަރު ކިޔަވާ މީހާ އެސްފީނާއިންނާއި ސިހުރުން އަދި ޝައިޠޯނުންގެ ނުބައިކަމުން ރައްކައުތެރިކުރައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން