ހާޓްއެޓޭކާ އެހެންވެސް ނުރައްކާތަކުން ސަލާމަތްވެހުރުމަށް 2 އިރު މިދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހާޓްއެޓޭކާ އެހެންވެސް ނުރައްކާތަކުން ސަލާމަތްވެހުރުމަށް 2 އިރު މިދުޢާކުރައްވާ!

މިރޭ ބުނެލައިދޭން މިމަސައްކަތްކުރަނީ އެންމެހައި ނުރައްކާތަކުން ސަލާމަތްވެ ހުރެވޭނެ ދުޢާއެކެވެ. ޖިންނި ޝައިޠޯނުންނާއި މީސްތަކުންނާއި އެންމެހައި ދިރޭތަކެތީގެ ނުރައްކަލުންނާއި ނުބައިކަމުންވެސްމެއެވެ. ބިންހެލުމާއި ހޮނުއެޅުންފަދަ މުޞީބާތްތަކުންވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ ހާޓްއެޓޭކް ޖެހުމާއި އެނޫންވެސް ޞިއްޙީ ކުއްލި ނުރައްކާތަކުންވެސްމެއެވެ. 

މިއީ ރަސޫލް ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ފަތިސްނަމާދަށްފަހުގައާއި ޢަޞްރުނަމާދަށްފަހު މިދުޢާ 3 ފަހަރުކިޔާށެވެ. އަދި މިބުނި އެންމެހައި ކަންކަން ޙާޞިލްކުރެވޭނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. އެހެން މިބުނަނީ ރަސޫލް މިވެނިކަމެއް ނުވާނެ ކަމަށް ނުވަތަ ވާނެކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން ފުރަތަމަވެސް އޮތީ އެކަން އެގޮތަށް ޔަޤީންކުރުން ކަމުގައިވާތީއެވެ. 

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://muftiwp.gov.my/en/artikel/irsyad-al-hadith/4124-irsyad-al-hadith-series-463-the-meaning-of-supplication-of-protection-againts-contagious-diseas-seres-1

 

 

 

 

 

 

 

މިއަދު އޮންލައިން