ހަމައެކަނި ތިމާގެ ފައިދާއަށް ޢިލްމު ޙާޞިލުކުރާ މީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަމައެކަނި ތިމާގެ ފައިދާއަށް ޢިލްމު ޙާޞިލުކުރާ މީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެ!

ޢިލްމް ޙާޞިލްކޮށް އެކަމުން ހަމައެކަނި ތިމާއަށް ފައިދާކުރާނެ ގޮތަށް ޢަމަލުކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ މިހެން މިދެންނެވީ ބައެއް މީހުންގެ ގާތުން ކަމެއް އޮޅުންފިލުވާލަން ސުވާލުކުރުމުން ޖަވާބުވެސް ނުދޭތީއެވެ. 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ޢިލްމު އުނގެނެންވާނީ އެ ޢިލްމެއްގެ ސަބަބުން މީސްތަކުންނަށް ފައިދާއެއް ކޮށްދިނުމުގެ ނިޔަތުގައެވެ. ތިމާގެ އަމިއްލަ މަންފާއަކަށްޓަކައި ޢިލްމު އުނގެނުމަކީ ބިރުހުރި ކަމެކެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ އެމީހާގެ އަމިއްލަ މަންފާއަށް ޢިލްމު އުނގެނޭ މީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެ ކަމަށެވެ. 

މިޙަދީޘްފުޅުގައި މިވަނީ ހަމައެކަނި ދީނީ ޢިލްމުވެވާހަކައެއް ނޫނެވެ! މީސްތަކުންނަށް ފައިދާކުރާނެ ކޮންމެ ޢިލްމެއްވެސް ޙާޞިލުކުރަންވީއެވެ. ޙާޞިލުކުރުމަށްފަހު އެ ޢިލްމުގެ ފައިދާ އެހެންމީހުންނަށް ފޯރުކޮށްދޭންވީއެވެ. 

މިޙަދީޘްފުޅުން އެނގިގެން މިދަނީ ޢިލްމް ޙާޞިލުކުރުމަށްފަހު އެޢިލްމް އެހެން މީހުންނަށް އުނގަންނައިދިނުމުގެ މުހިންމުކަމެވެ. އެކަމުގެ ފައިދާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. 

މިޒަމާނުގައި ވައްކަންކުރުމާއި މަކަރާ ހީލަތް ހެދުމާއި މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމާއި ހެކްކުރުމާއި އެނޫންވެސް މީހުންނަށް ގެއްލުންދޭ އެތައް ޢިލްމެއް އެބައުނގެނެއެވެ. ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއްގެ ޢިލްމު ޙާޞިލުކުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. 

- މަޢްލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަހްމަދު  

މިއަދު އޮންލައިން