ތުއްތު ދަރިންނަށް އަޑުއިއްވަން ޤުރްއާންޖަހާނަމަ ޖަހަންވީ ކިހާ ބާރުމިނެއްގަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ތުއްތު ދަރިންނަށް އަޑުއިއްވަން ޤުރްއާންޖަހާނަމަ ޖަހަންވީ ކިހާ ބާރުމިނެއްގަ؟

"ގޭގައި ޤުރްއާން ޖަހާނަމަ އަޑުއަހަންވާނެއެވެ. ހަމައެކަނި ތުއްތުކުދިންނަށް ނުވަތަ ކުއްޖަކަށް އަޑުއިއްވަން ޤުރްއާން ޖަހާނަމަ ޖަހަންވާނީ އެކުއްޖާއަށް އަޑުއިވޭނެ ވަރަށެވެ."

މާނައަކީ އެނދުގައި އޮތްނަމަ އެނދުކައިރީގައި ކުއްޖާއަށް އަޑުއިވޭވަރަށެވެ. 

ބައެއް ގޭގޭގައި ޓީވީން ނުވަތަ އެނޫންވެސް ވަސީލަތަކުން ޤުރްއާން ޖަހާފައި އެކަމަށް ސަމާލުކަން ނުދީ އެހެންކަންކަމަށް ސަމާލުކަންދީގެން ތިބެއެވެ. އެެހން ތިބެ ކުޅިވަރުކުޅުމާއި ހީނސަމާސާކުރުން ފަދަ ކަންކަންވެސް ކުރެއެވެ. އެއިރުން އެކުރެވެނީ އަދަބާއި ޚިލާފް ކަންކަމެވެ. 

ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި އަޑުއެހުމަކީވެސް އަޅުކަމެކެވެ. ކިޔެވިކަމުގެ ޘަވާބު ލިބޭނީ ކިޔެވުމުންނެވެ. އަޑުއެހުމުން ލިބޭނީ އަޑުއެހިކަމުގެ ޘަވާބެވެ. އެއީ ތަފާތު ދެކަމެކެވެ. 

- މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން