ތަނަވަސް މީހުން މިމަގުން ވިސްނައިލާނެ ނަމަ... ތިބާގެ ކިބައިން އެހީއަކަށް އެދިގެން އަންނަމީހާއަށް އެކަމެއް ކޮށްނުދެވުމަށްވުރެ ހިތްދަތިކަން ބޮޑުކަމެއްވޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތަނަވަސް މީހުން މިމަގުން ވިސްނައިލާނެ ނަމަ... ތިބާގެ ކިބައިން އެހީއަކަށް އެދިގެން އަންނަމީހާއަށް އެކަމެއް ކޮށްނުދެވުމަށްވުރެ ހިތްދަތިކަން ބޮޑުކަމެއްވޭހެއްޔެވެ؟

މީހަކު ބުންޏެވެ. އަހުރެން سفيان بن عيينة އާ އެކު ހިނގާފައިދަނިކޮށް އޭނާއަށް މީހަކު އައިސް ސަލާންޖެހިއެވެ. އަދި އޭނާއަށް ދެއްވާނެ އެއްޗެއް އަތްޕުޅުގައި ނެތުމުން ކީރިތިކުރެއްވިއެވެ. އެހިނދު އަހުރެން ދެންނެވީމެވެ. ކީރިތިތިކުރައްވަނީ ކޮންކަމަކާހުރެތޯއެވެ! ވިދާޅުވިއެވެ. ތިބާގެ ކިބައިން ހެވަކަށް އެދިގެން އަންނަމީހާއަށް އެކަމެއް ކޮށްނުދެވުމަށްވުރެ ހިތްދަތިކަން ބޮޑުކަމެއްވޭހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހަކު ބޭނުމެއް ޖެހިގެން އަތުވެއްޖެ ނަމަ ކިރިޔާވެސް އެކަން ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދޭށެވެ! ޢައިޝަތުގެފާނު ވަނީ ސަލާންޖެއްސެވި ބޭކަނބަލަކަށް އެއިރު ގަނޑުވަރުގައި އޮތް ހަމައެކަނި އެންމެ ކަދުރުއޮށް ވެސް ދެއްވަވައިފައެވެ. 

ރަސޫލް () ޙަދީޘްފުޅުކުރައްވަވާފައިވަނީ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށެވެ. ވީމާ އެނގިގެން މިދަނީ ޞަދަޤާތްކުރުމަކީ ނަރަކައިން ސަލާމަތްވެވުމަށް އޮތް މަގެއް ކަމެވެ. އަތުގައި އޮތް ވަކި ފައިސާފޮތިން ނަމަވެސް ޞަދަޤާތްކުރާށެވެ! 

ގޭގައި އޮތްނަމަ އެންމެ ގޮގަންކުރާ ވެސް ޞދަޤާތްކުރާށެވެ! ކައްކާފައި ހުރި ތަނުގައި އެންމެ ސުވަލެއް ހުރިނަމަވެސް ޞަދަޤާތްކުރާށެވެ! ތިބާގެ ރިޒްޤް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން